13 Jun 2018, 21:21
ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ބޮލަކަށް 1300 ރުފިޔާ ބަހަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ ފިތުރު ޒަކާތް މިއަދާ މިރޭ އިސްލާމީ މަރުކަޒުގެ ހޯލުން އަދި އަރަބއިްޔާ ސްކޫލުން ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް:
ހެނދުނު 10:30 - މެންދުރު 12:00
މެންދުރު 12:35 - ހަވީރު 15:30
ރޭގަނޑު 21:00- 23:00
ފައިސާގެ އިތުރުން ގޮވާމުގެ ބާވަތްތަކުންވެސް ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން ފައިސާ އިން ޒަކާތް ބަހާ ގަޑިތަކުގައި އަރައްބިއްޔާ ސްކޫލުގައި ޒަކާތް ބަހާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުން ޒަކާތް ބަހާއިރު ބާސްމަތީ ހަނޑުލުން ތިން ކިލޯ އަދި އާދައިގެ ހަނޑުލުން ދެ ކިލޯ ބޮލަކަށް ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަހަރު ފަގީރުންގެ ގޮތުގައި 16294 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 16205 މީހުންނެވެ.