13 Jun 2018, 14:59
މަޝްހޫރު އޮޓޯމޮބައިލް ކުންފުނި ޓޮޔޯޓާއިން ސިންގަފޫރުގެ ރައިޑް ހެއިލިން ކުންފުނި، ގްރެބްއަށް އެއް ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކޮށްފިއެވެ.
ގްރެބްއިން ވަނީ ސައުތު އީސްޓް އޭޝިއާގައި އޫބާއިން ދެމުން އައި ހިދުމަތް މަލްޓި ބިލިއަން ޑޮލަރުގެ އެގްރިމެންޓެއްގެ ދަށުން ގަނެފައެވެ.
ޓޮޔޯޓާއިން ގްރެބްއަށް ކުރި އިންވެސްޓްމެންޓާއެކު ގްރެބްގެ ޑިރެކްޓަރުންގެ ބޯޑުގައި ޓޮޔޯޓާގެ ޑިރެކްޓަރަކު ހިމަނާނެއެވެ. އަދި ކުންފުނީގެ އެގްޒެކެޓިވް އޮފިސަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރާނީ ޓޮޔޯޓާގެ މުވައްޒަފެކެވެ.
މީގެ އިތުރުން ޓެކްނޮލަޖީ ހިއްސާކޮށް ގްރެބްގެ ވިޔަފާރި ކުރިއެރުވުމަށް ޓޮޔޯޓާއިން އެހީވެދޭނެއެވެ.
ޓޮޔޯޓާއިން ވަނީ މީގެ ކުރިންވެސް ގްރެބްއަށް އިންވެސްޓް ކޮށްފައެވެ. އެ އިންވެސްޓްމެންޓުގެ ތަފްސީލު އާންމުކޮށްފައެއް ނުވެއެވެ.