13 Jun 2018, 10:21
ބޮލީވުޑްގެ ކާމިޔާބު ބަތަލު އަކްޝޭ ކުމާރުގެ ފިލްމް "ގޯލްޑް" އަންނަ އޯގަސްޓް މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އަންނަ އޯގަސްޓް މަހުގެ 15 ގައި ރިލީޒްކުރާ އެ ފިލްމަކީ ހަގީގީ ހާދިސާ އަކަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ. ފިލްމުން ދައްކުވައިދޭނީ އިންޑިއާގެ ހޮކީ ޓީމަށް ފުރަތަމަ ރަން މެޑައްޔެއް ލިބިގެންދާތަނެވެ. 1948 ވަނަ އަހަރު ސަމާ އޮލިމްޕިކްސްގައި ހޮކީ ޓީމު ބައިވެރިވެ އެ ގައުމުގެ ކުޅުންތެރިން ރަން މެޑަލް ހޯދުމަށް ކުރި މަސައްކަތް ފިލްމުން ފެނިގެންދާނެއެވެ.
15 Aug 2018 release... New poster of#Gold... Stars Akshay Kumar... Reema Kagti directs...#Gold15Aug#IndependenceDaypic.twitter.com/mDiARVYVU4
— taran adarsh (@taran_adarsh)June 13, 2018
ރީމާ ގަގްތީ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ޕްރޮޑިއުސަރަކީ ފަރްހާން އަޚްތަރުއެވެ.
ފިލްމުގެ އަންހެން ލީޑުން ފެނިގެންދާނީ މަޝްހޫރު ޓީވީ އެކްޓަރު މައުނީ ރޯއީ އެވެ.
ފިލްމުގެ ޕޯސްޓަރު މިހާރު ވަނީ އާންމުކޮށްފައެވެ.
ފިލްމުގެ ޓީމުން ބުނީ މި ފިލްމު ވެގެންދާނީ މުޅި އިންޑިއާއަށް ވެސް ހާއްސަ ފިލްމަކަށް ކަމަށެވެ.