Back
Nov 24, 2025 SUN
SUN

ދެ ފަނޑިޔާރުންނަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓަށް

ދެ ފަނޑިޔާރުންނަށް ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓަށް
Lead photo

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ރަސްމީ ހައިސިއްޔަތަން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުމުގެ ދައުވާ ސާބިތުވާ ކަމަށް ހައިކޯޓުން ކުރި ހުކުމް އެ ދެ ބޭފުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅައިފިއެވެ.

އެ ދެބޭފުޅުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުއްވީ މިއަދުއެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ހުކުމް ކުރިއިރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަދަބުގެ ގޮތުގައި ކްރިމިނަލް ކޯޓުން ކަނޑައެޅި އެއް އަހަރާއި ހަތް މަހާއި ހަތް ދުވަސް ކުޑަކޮށް އަސާސީ މިންގަނޑުން އަދަބު ވަނީ ކަނޑައަޅާފައެވެ.

ކްރިމިނަލް ކޯޓުން ފަސް ދަރަޖަ މަތިކޮށް އަދަބު ކަނޑައެޅި ނަމަވެސް ހައި ކޯޓުން ކަނޑައެޅީ ދެ ދަރަޖަ ބޮޑު ކުރުމަށެވެ. އެހެން ކަމުން މިހާރު އަދަބަކީ އެއް އަހަރާ ދެ މަހާ 12 ދުވަހެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ އިސްތިއުނާފަށް ހުށައެޅިއިރު މައްސަލަ ސާބިތުވެއްޖެނަމަ ފަނޑިޔާރުކަން ގެއްލޭނެއެވެ. ދެ ފަނޑިޔާރުންނާއި ގުޅޭ މައްސަލަތަކެއް ބަލަމުންދާތީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ މިހާރު އެ ދެ ފަނޑިޔާރުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް ދައުލަތުން އެ ދެ ފަނޑިޔާރުންގެ މައްޗަށް ކުރެ އެވެ. އެ މައްސަލަތަކުގެ ހުކުމެއް އަދި ނީއްވައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics