12 Jun 2018, 22:45
ކުރިއަށް އޮތް ވޯލްޑް ކަޕަށް ހާއްސަކޮށް، ޒުވާނުންނަށް ވޯލްޑް ކަޕް ބެލުމަށް ހާއްސަކޮށްގެން އެސްޓީއޯއިން 30 ކްލަބު ޖަމިއްޔާއަކަށް ހިޓާޗީ ޕްރޮޖެކްޓަރު ހަދިޔާކޮށްފިއެވެ.
ޕްރޮޖެކްޓަރު ހަވާލުކުރުމަށް މިރޭ މާބުލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ކްލަބުތަކަށް ޕްރޮޖެކްޓަރު ހަވާލުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަމުން ޝަހީރު ވިދާޅުވީ އެސްޓީއޯއަކީ އަބަދުވެސް ކްލަބު ޖަމިއްޔާތަކާއި ޒުވާނުންނާ ވަރަށް ގާތުން މަސައްކަތް ކުރާ ކުންފުއްޏެއް ކަމަށާއި، މީގެ ކުރިންވެސް އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ޒުވާނުންނަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާނެ ކަމަށެވެ.
ޕްރޮޖެކްޓަރު ހަވާލުކުރުމަށް މިރޭ މާބުލް ހޮޓެލްގައި ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޝަހީރު ވިދާޅުވީ އެސްޓީއޯގެ ޕާޓްނަރެއް ކަމައްވާ ހިޓާޗީއާއި ގުޅިގެން މިފަހަރު ހަދިޔާ ކުރެވުނު ޕްރޮޖެކްޓަރުތަކަކީ ޒުވާނުންނަށް އެކުވެރި މާހައުލެއްގައި ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި، ޒުވާނުންގެ މެދުގައި ގުޅުން ބަދަހުވެފައިވާ މާހައުލެއް ގާއިމް ކުރުމަށް އެސްޓީއޯއިން އިސްނެންގެވި އިސްނެންގެވުމެއް ކަމަށެވެ. ޝަހީރު އިތުރަށް ވިދާޅުވީ އެސްޓީއޯއަކީ އަބަދުވެސް ފުޓުބޯޅައަށް ބޮޑެތި ހޭދަތަކެއް ކުރައްވާ ގްރޫޕެއް ކަމަށާއި، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް އެސްޓީއޯއިން ޕްރޮޖެކްޓަރާއި ސްކްރީންވެސް ގިނަ ފަރާތްތަކަކަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ.
މިފަހަރު ޕްރޮޖެކްޓަރު ހޯދުމަށް ރިކުއިސްޓް ކުރި ހުރިހާ ޖަމިއްޔާތަކަށް ޕްރޮޖެކްޓަރު ހަދިޔާކޮށްދެއްވާފައިވާނެ ކަމަށްވެސް ޝަހީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޕްރޮޖެކްޓަރު ހަވާލުކުރުމަށް މިރޭ މާބުލް ހޮޓެލްގައި ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އެސްޓީއޯއިން ހިޓާޗީ ޕްރޮޖެކްޓަރު ހަދިޔާކުރި 30 ކްލަބު ޖަމިއްޔާ
ކުޑަ ހެންވޭރު ޔުނައިޓެޑް
- ބީޖީ ސްޕޯޓްސް
- މޮސްއަޮޑި ސްޕޯޓްސް ކްލަބު
- ކްލަބު ސީކޭ
- ކްލަބު ވޯންޓެޑް
- ލޮރެންޒޯ
- ޓީސީ ސްޕޯޓްސް
- ކްލަބު ޒެފްރޯލް
- އެލްޓީ ސްޕޯޓްސް
- ބްރަދާހޫޑް އެސްސީ
- ކްލަބު އީގަލްސް
- ސުޕާ ޔުނައިޓެޑް ސްޕޯޓްސް ކްލަބު
- ކްލަބު ޓީނޭޖް
- އެމްސީ ސްޕޯޓްސް ކްލަބު
- ބުރު ސްޕޯޓްސް ކްލަބު
- ކްލަބު ގްރީން ސްޓްރީޓްސް
- އޭވައިއެލް ސްޕޯޓްސް
- ނިއުޓްރަލް ޕާކް
- ރޭގް ސްޕޯޓްސް ކްލަބު
- ބޫޗީސް ކްލަބު
- ޔޫކޭ ފަލްކަންސް
- ޖޭބީ ސްޕޯޓްސް ކްލަބު
- ބޮސްނިއާ ސްޕޯޓްސް ކްލަބު
- ކްލަބު ޕީކޭ
- ދަ ބޯސް ސްޕޯޓްސް ކްލަބު
- މުއިވެޔޮ ފްރެންޑްސް
- މާޒިޔާ ސްޕޯޓްސް ކްލަބު
- ވީކޭ ސްޕޯޓްސް ކްލަބު
- ރެޑް ލައިން ކްލަބު
- ޔޫއެން ފްރެންޑްސް
އެސްޓީއޯއަކީ އަބަދުވެސް ވޯލްޑް ކަޕާ ދިމާކޮށް، ހާއްސަ ޕްރޮމޯޝަންތަކުގެ އިތުރުން އެކި ހިސާބުތަކުގައި ވޯލްޑް ކަޕް ބެލުމަށް ހާއްސަ ޖަހަގަތައް ހަދާ ކުންފުންޏެވެ. އަދި ހާއްސަކޮށް ރާއްޖޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް އަދި އެސްޓީއޯ މާލޭ ލީގުގެ ޓައިޓަލް ސްޕޮންސަރަކީވެސް އެސްޓީއޯއެވެ. އަދި މިދިޔަ އަހަރު ސަރުކާރުގެ ފަރާތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުޅޭ ފުޓުބޯޅަ ޓީމުތަކަށް މާލީ ގޮތުން އެހީތެރިން ފޯރުކޮށްދޭން ފަށާފައިވާ އިރު، އެސްޓިއޯގެ ސަބްސިޑަރީ ކުންފުނިތަކުން ކްލަބުތަކަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ.