Back
Nov 24, 2025 SUN
SUN

"ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ ޕްރޮޑަކްޓްތައް ދުބާއީގައި ލޯންޗުކޮށްފި

"ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ ޕްރޮޑަކްޓްތައް ދުބާއީގައި ލޯންޗުކޮށްފި
Lead photo

ލަވަކިޔުންތެރިޔާ އަދި އުންމީދީ މޮޑެލް އީމް ނިޒާމްގެ އަމިއްލަ ބްރޭންޑް "ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ މޭކްއަޕް ވައިޕްސްއާއި ބީޗްވެއާ ކަލެކްޝަން ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށް ތައާރަފުކޮށްފިއެވެ.

އީމްގެ "ހޭންޑްމޭޑް ބައި އީމް ނިޒާމް" ބްރޭންޑް ޔޫއެއީގައި ތައާރަފުކުރީ، ދުބާއީގައި ބޭއްވި ހާއްސަ، ކުލަގަދަ ހަރަކާތެއްގައެވެ. ދުބާއީގެ ސްޕާއެއްގައި ބޭއްވި މި ހަރަކާތުގައި އީމްގެ އިތުރުން ރާއްޖޭގެ ފަރާތުން ގްރޭންޑްއެމްޕްރެސް އަދި ޒައިސް އާޓް އެތިކްސް ބައިވެރިވި އިރު، ސްވީޑެންއާއި ބަހްރައިނުގެ އެކި ބްރޭންޑްތަކުންވެސް ބައިވެރިވިއެވެ.

"ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ ޕްރޮޑަކްޓްތައް މިހާރު ވަނީ ދުބާއީގައި ވެސް ލޯންޗުކޮށްފައި-- ސަން ފޮޓޯ

މި ހަރަކާތަކީ ދުބާއީގެ އޯގެނިކް ގިލްޑްއާ ގުޅިގެން ބޭއްވި ހަރަކާތެކެވެ. އަދި މި ހަރަކާތުގައި ޔޫއޭއީގެ އެކިއެކި ފަރާތްތަކުންވެސް ބައިވެރިވި ކަމަށް އީމް ބުންޏެވެ.

ސައްތައިން ސައްތަ ދިވެހި ބްރޭންޑް "ހޭންޑްމޭޑް ބައި އީމް ނިޒާމް" ދުބާއީގައި ތައާރަފުކުރުމުގެ އިވެންޓާ ގުޅިގެން އީމް ވަނީ އޯގެނިކް ގިލްޑް، ގްރޭންޑްއެމްޕްރެސް އަދި ސްވީޑެންގެ އީކޯބްރިގެރިއެޓްއަށް ޝުކުރު އަދާކޮށްފައެވެ.

"ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ ޕްރޮޑަކްޓްތައް މިހާރު ވަނީ ދުބާއީގައި ވެސް ލޯންޗުކޮށްފައި-- ސަން ފޮޓޯ

"ހޭންޑްމޭޑް ބައި އީމް ނިޒާމް"ގެ މޭކަޕް ވައިޕްސްއަކީ މިހާރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ އުފެއްދުމެކެވެ.

އީމް ބުނީ، "ހޭންޑް މޭޑް ބައި އީމް ނިޒާމް"ގެ މޭކަޕް ފޮހޭ ޓިޝޫ މިވަގުތު ލިބެން ހުންނާނީ ދުބާއީ އަދިގްރޭންޑްއެމްޕްރެސް.އެމްވީއިން ކަމަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics