12 Jun 2018, 10:57
އައިޖީއެމްއެޗުގައި މެޑިކަލް އިންޓާންޝިޕް ހަދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.
މެޑިކަލް އިންޓާންޝިޕްގެ ފުރަތަމަ ބުރު ވަނީ ނިމިފަ އެވެ. މިއީ މެޑިކަލް އިންޓާންޝިޕް ހަދާ ދެވަނަ ބުރެވެ. އައިޖީއެމްއެޗުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު މިފަހަރު ވެސް އަރުވަނީ ފަސް ދަރިވަރަކަށް ކަމަށެވެ.
އެހެންކަމުން ޕްރޮގްރާމުގައި ބައިވެރިވާން ބެނުންވާ ފަރާތްތަކުން މިއަދުން ފެށިގެން ޖުލައި ތިން ވަނަ ދުވަހުގެ މެންދަމު 12 ޖެހުމާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މެޑިކަލް އިންޓާންޝިޕަށް ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި އެމްބީބީއެސް ފުރިހަމަކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދޫކުރައްވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮ އިންޓާރންޝިޕް" ސެޓްފިކެޓް ލިބިފައިވުން ހިމެނެ އެވެ.
ފޯމާ އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
މެޑިކަލް އަންޑަގްރެޖުއޭޓް ކޮމްޕްލީޝަން ޑޮކިއުމަންޓް.
- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްއިން ދީފައިވާ "ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން ފޮ އިންޓާންޝިޕް ސެޓްފިކެޓް"
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑު، ޕާސް ޕޯޓް ކޮޕީ.
- ޕޮލިސް ކްލިއަރެންސް
- ޕާސްޕޯޓް ސައިޒް ފޮޓޯ.
އިންޓާންޝިޕަށް އެދި ހުށަހަޅަން ޖެހެނީ އައިޖީއެމްއެޗުން އިންޓާންޝިޕަށް ހާއްސަކުރެވިފައިވާ މެއިލް[email protected]އަށް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.