10 Jun 2018, 16:21
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު ސައިމަން ވަކިކޮށް، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑު ޒޯނުގެ މެނޭޖިންގް ޑިރެކްޓަރުކަމަށް އޭނާ ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި މިކަން ހާމަކުރެއްވި އިރު، އެޗްޑީސީން ހުސްވި މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯނު ލިމިޓެޑުގެ މެނޭޖިންގް ޑިރެކްޓަރުކަމުގައި ހުންނެވި އަހްމަދު ނާސިފެވެ.
ސައިމަންއަކީ 2014 ވަނަ އަހަރުގެެ ކުރީކޮޅުން ފެށިގެން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރުކަން ކުރައްވަމުން ގެންދެވި ބޭފުޅެވެ.
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންއަކީ ސަރުކާރުގެ ދެ ކުންފުނި ކަމުގައިވާ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑާއި ގުޅީފަޅު އިންވެސްޓްމެންޓް ލިމިޓެޑް އެއްކޮށްލައިގެން މި އަހަރުގެ މާޗް މަހުގައި އުފައްދާފައިވާ ކުންފުންޏެކެވެ.