10 Jun 2018, 16:56
ލިންކްސާވްއިން މީސްމީޑިއާގައި "#ބީ ސްމާރޓް" ގެ ނަމުގައި ޕޯސްޓްކުރަމުން ދިޔަ ޕާރްސަލްގެ ތެރޭގައިވާ ސަޕްރައިޒް މިރޭ އެނގިގެންދާނެކަމަށް ލިންކްސާވްއިން ބުނެފިއެވެ.
ލިންކްސާވްގެ ބީ ސްމާޓްގެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ދައުރުވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ނޫ ކުލައިގެ ކަރުދާހާއި ރަތް ރިބަނުން ބަންދުކޮށްފައިވާ ފޮއްޓެއް ފުރަތަމަ ފެނުނު އިރު، ދެން ފެނިގެން ދިޔައީ ރިބަންފަށް ކަނޑާފައި ވަނިކޮށެވެ.
އެއަށްފަހު ފޮށިގަނޑުގެ ބޭރުގައި އަޅާފައި އޮތް ނޫ ކަރުދާސްގަނޑު ނައްޓާލައިފައެވެ. އަދި އެންމެ ފަހުން ފޮށިގަނޑު ކުޑަކޮށް ހުޅުވާލުމަށްފަހު، އެތެރޭގައި ވާ އެއްޗަކަށް އިންތިޒާރުކުރަން ބުނެފައިވެއެވެ.

ލިންކް ސާވްގެ ސްމާޓް ސަޕްރައިޒް --
އޭގެ ތެރޭގައިވަ ނީ ކޮން އެއްޗެއްކަން ބެލުމަށް އެތައްބަޔަކު ތިބީ އިންތިޒާރުގައެވެ. އެންމެ ފަހުން ފޮށި އެއްކޮށް ހުޅުވާލައި، އެންމެންގެ އިންތިޒާރަށް ފޮނި ނިމުމެއް ގެނެސް އެ ފޮށިގަނޑު "ލިންކްސާރވް" ގައި އެއްކޮށް ހުޅުވާލާނެއެވެ.
ލިންކްސާވުން ބުނީ އެ "ފޮށިގަނޑު" ހުޅުވުމާ އެކު، ޕްރޮމޯޝަނަކާ އެކު ހަދިޔާއެއް ހުށަހެޅިގެންދާނެ ކަމަށެވެ.

ލިންކް ސާވްގެ ސްމާޓް ސަޕްރައިޒް --
މިހާރު ދިވެހިރާއްޖޭގައި އައިޓީ ދާއިރާގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ލިންކްސާވުން ހާމަކުރާ ގޮތުގައި މިފަހަރުގެ ސަޕްރައިޒާއެކު ލިންކްސާވުން ބޭނުންވަނީ ދިވެހިން އިތުރަށް "ސްމާޓް" ކުރުމެވެ. ދިރިއުޅުމުގެ ހުރިހާ ނަޒަރަކުންވެސް "ސްމާޓް"ކުރުމެވެ.
ލިންކް ސާވްގެ ސްމާޓް ސަޕްރައިޒް --
ލިންކްސާރވްއިން ދޭ ސްމާޓް ސަޕްރައިޒްއާ އެކު ފޮށިގަނޑުގައިވާ "ސްމާޓް" ހަދިޔާތައް ހާމަކުރުން އޮންނާނީ މިރޭ 10:00 ގައި ލިންކްސާވްގެ މައި ޝޯރޫމްގައެވެ.