10 Jun 2018, 10:48
ޖޭމްސް ބޮންޑުގެ ފުރަތަމަ ފިލްމުން ފެނިގެންދިޔަ ބަތަލާ، ޔުނިސް ގޭސަން އުމުރުން 90 އަހަރުގައި މަރުވެއްޖެއެވެ.
ޔުނިސް މަރުވިކަން ޖޭމްސް ބޮންޑް ފްރެންޗައިޒްގެ ޓްވިޓާ އެކައުންޓުގައި ވަނީ އިއުލާނުކޮށްފައެވެ.
ޖޭސްމް ބޮންޑުގެ ފުރަތަމަ ފިލްމުޑރ. ނޯއަދިފްރޮމް ރަޝިއާ ވިތު ލަވްގައި ޔުނިސް އަދާކޮށްފައިވަނީ ސިލްވިއާ ޓްރެންޗްގެ ރޯލެވެ.
ޔުނިސް މަރުވީ ހުކުރު ދުވަހުގެ ވަގުތެއްގައި ކަމަށް ހަބަރުތައް ބުނެއެވެ.
ނަވާރަސަތޭކަ ފަސްދޮޅަސް ދެވަނަ އަހަރު ނިކުތް ޑރ. ނޯ އަކީ ޖޭމްސް ބޮންޑް ސާގާގެ ފުރަތަމަ ފިލްމެވެ. އެ ފިލްމުގެ ކުރިން 1958 ވަނަ އަހަރު "ދަ ރިވެންޖް އޮފް ފްރޭންކެސްޓައިން" ގައި ވެސް ޔުނިސް ވަނީ މުހިއްމު ރޯލެއް އަދާކޮށްފައެވެ. މީގެ އިތުރުން ދަ އެވެންޖާސް އަދި ދަ ސެއިންޓް ފަދަ އިނގިރޭސި ވިލާތުގެ ސީރީޒް ތަކުގައިވެސް އޭނާ މަސައްކަތް ކުރިއެވެ.