Back
Nov 24, 2025 SUN
SUN

މޮރިޝަސް ސީރީޒް: ފިރިހެން ޑަބަލްސް ކެޓަގަރީން އަޖުފާން އާއި ތޯއިފް ބްރޯންޒް މެޑަލް ހޯދައިފި

މޮރިޝަސް ސީރީޒް: ފިރިހެން ޑަބަލްސް ކެޓަގަރީން އަޖުފާން އާއި ތޯއިފް ބްރޯންޒް މެޑަލް ހޯދައިފި
Lead photo

މޮރިޝަސްގައި މިހާރު ކުރިއަށްދާ މޮރިޝަސް އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ފިރިހެން ޑަބަލްސް ކެޓަގަރީން ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ރާއްޖޭގެ ދެ ޕެއާއެއް ފިރިހެން ޑަބަލްސް ސެމީ ފައިނަލް އިވެންޓްއަށް ދަތުރުކޮށްފައިވާ އިރު، ސެމީ ފައިނަލުން ބަލިވި ނަމަވެސް ބްރޯންޒް މެޑަލް ލިބިފައިވާ ޕެއާއަކީ މުހައްމަދު އަޖުފާން އާއި އަހުމަދު ތޯއިފްގެ ޕެއާއަށެވެ.

ސެމީ ފައިނަލްގައި އަޖުފާން އާއި ތޯއިފް ވާދަކުރީ މެލޭޝިއާގެ ޔޮންގް ޗައިއާއި ކައިވޫންޓީގެ ޕެއާއާއެވެ. ސެމީގައި ރާއްޖެ ބަލިވީ 21-11 އަދި 21-16 އިން މެޗުގެ ދެ ސެޓު މެލޭޝިއާއިން ގެންގޮސްގެންނެވެ.

އަޖުފާންއާއި ތޯއިފް ސެމީއަށް ދިޔައީ ކުއާޓާގައި މޮރިޝަސްގެ ޖިބްރާން އޯބީލަކާއި ވެޑް ކަލިޔުޗުރިންނާގެ ޕެއާ ބަލިކޮށްގެންނެވެ. އެ މެޗުން ތޯއިފާއި އަޖުފާން މޮޅުވީ 21-7 އަދި 21-9 އިން ސެޓުތައް ގެންގޮސްގެންނެވެ.

މިހާރު މުބާރާތުގައި ކުރިއަށް ދަނީ އަންހެން ޑަބަލްސްގެ ދެވަނަ ބުރުގެ ކުޅުމެވެ. އެ ކެޓަގަރީގައި ރާއްޖެއިން ވާދަކުރާ ޕެއާއަކީ އެއް މާބަނޑު ދެބެން ކަމަށްވާ އައިމިނަތު ނަބީހާއާއި ފާތިމަތު ނަބާހާގެ ޕެއާއެވެ. އެ ކެޓަގަރީގައި ފަސް ޕެއާއެއް ވާދަކުރާ އިރު، ރާއްޖޭގެ ޕެއާ ސީޑް ކޮށްފައި އޮތީ ދެވަނަ ބުރަށެވެ. ރާއްޖެއިން ދެވަނަ ބުރުގައި ވާދަކުރަމުންދަނީ މޮރިޝަސްގެ ޖެމީނާ ލިއުގް ފޯ ސޭންގާއި ގަނޭޝާ މުންގުރާހުގެ ޕެއާއާ ދެކޮޅަށެވެ.

ފިރިހެން ޑަބަލްސްގެ ކުއާޓާއަށް ރާއްޖޭގެ ސާރިމް މުހައްމަދާއި އަހުމަދު ނިބާލްގެ ޕެއާވެސް ދަތުރުކޮށްފައިވާ އިރު، ކުއާޓާގައި އެ ދެ ކުޅުންތެރިން ކުޅުނު މެޗުން ބަލިވެ ވަނީ މުބާރާތުން ކަޓާފައެވެ.

ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ރާއްޖެއިން ސެމީގެ ޖާގަ ހޯދައިފައި ވަނީ ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ކެޓަގަރީންނެވެ.

މިއަހަރުގެ މޮރިޝަސް ސީރީސްގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ތިން ކެޓަގަރީއަކުން ދަތުރުކޮށްފައި ވެއެވެ. އެ ކެޓަގަރީތަކަކީ އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ކެޓަގަރީއެވެ.

މިސްސް ޑަބަލްސްގެ ކެޓަގަރީން ރާއްޖޭގެ ދެ ޕެއާއެއް ކުއާޓާގައި ވާދަކުރިއެވެ. އެއީ ސާރިމް މުހައްމަދާއި ޝަހުރުނާޒުގެ ޕެއާ އަދި ތޯއިފާއި އައިމިނަތު ނަބީހާގެ ޕެއާއެވެ.

މޮރިޝަސް ސީރީސްއަކީ ބީ ޑަބްލިއު އެފްގައި ހިމެނޭ ސީރީސްއެކެވެ. އެ މުބާރާތަށް ރާއްޖެ ވަނީ މިދިޔަ ހަތަރު އަހަރުވެސް ގޮސްފައެވެ. މިދިޔަ އަހަރު މޮރިޝަސް ސީރީޒް އިން ރާއްޖެއަށް ދެ މެޑަލް ލިބިފައިވާ އިރު، މެޑަލް ލިބިފައިވަނީ ރާއްޖޭގެ އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް ޓީމަށެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics