08 Sep 2011, 15:17
ތިން މަގާމަކަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
އެގޮތުން އައްޔަން ކުރެއްވި ތިން ބޭފުޅުންނަކީ، މިނިސްޓާ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ނައިބުގެ މަގާމަށް އައްޑު އަތޮޅު ހުޅުދޫ، ވާރުގޭ، ޝިފާޒް އަލީ އާއި، މެދު ދެކުނު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީގެ މަގާމަށް ތ. ވޭމަންޑޫ ފިނިފެންމާގޭ، އިބްރާހީމް ރަޝީދު އަދި މޯލްޑިވްސް ވޮލަންޓިއާ ކޯގެ ޗީފް އެގްޒެކެޓިވްގެ މަގާމަށް އައްޑު އަތޮޅު ފޭދޫ އެވާގްލޯރީ އަހުމަދު މަރްޒޫގުވެ.
އަހުމަދު މަރްޒޫގު މިމަގާމަށް އައްޔަން ކުރެއްވީ މިނިސްޓަރުގެ ނައިބު ފެންވަރުގަ އެވެ.