އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމު "ރެލްޕު ބްރޭކްސް ދި އިންޓަނެޓް: ރެކް-އިޓް ރެލްޕު 2"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ފިލްމުގެ ޓްރެއިލާ ދައްކާލި އިރު ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ އެ ފިލްމުގެ އެއް މަންޒަރަކުން ޑިޒްނީ ޔުނިވާސްގައި ހިމެނޭ ހުރިހާ ޕްރިންސަސްތަކެއް ފެނިގެންދިޔުމުންނެވެ.

މި ޓްރެއިލާ އާ އެކު ގިނަ ބައެއް މި ފިލްމި ބެލުމަށް ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. އަދި މިއީ ހުރިހާ ޕްރިންސަސްތަކެއް އެއްފަހަރާ ފެނިގެންދާ ފުރަތަމަ ފިލްމު ވެސް މެ އެވެ.

ވޯލްޓް ޑިޒްނީ ޕިކްޗާސްއާއި ވޯލްޓް ޑިޒްނީ އެނިމޭޝަން ސްޓޫޑިއޯސް ގެނެސްދޭ އެ ފިލްމަކީ މީގެ ހަ އަހަރު ކުރިން ގެނެސްދިން ފިލްމު ރެކް-އިޓް ރެލްޕު"ގެ ސީކުއެލް އެކެވެ.

ގިނަ އަދަދެއްގެ ކެރެކްޓާތަކެއް ފެނިގެންދާ އެ ފިލްމުގައި މާވެލް ޔުނިވާސް އަދި ސްޓާ ވޯޒްގެ ކެރެކްޓާތައް ވެސް ފެންނާނެ އެވެ.