09 Jun 2018, 10:27
ރާކޭޝް ރޯޝަން ޑައިރެކްޓު ކުރާ ފިލްމް "ކްރިޝް4"ގައި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވެސް ފެނިގެންދާނެ ކަމަށް ޑައިރެކްޓަރު ބުނެފިއެވެ.
"ކްރިޝް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމަށް މިހާރު ތައްޔާރުވަމުން އަންނަ އިރު ރާކޭޝް ބުނީ ރިތިކް އާ އެކީ ބަތަލާ އެއްގެ ރޯލުން ޕްރިޔަންކާ ފެނިގެންދާނެ ކަން ޔަގީންކޮށްދޭ ކަމަށެވެ.
ކްރިޝް 4ން އޭނާ ފެނިގެން ދިޔަ ނަމަވެސް އޭނާގެ ރޯލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
"ޕްރިޔަންކާ އަކީ ހުނަރުވެރިއެއް. އޭނާ އާ އެކީ މަސައްކަތް ކުރަން ވަރަށް ގަޔާވޭ. އެއްގޮތަކަށް އުންމީދުވެސް ނުކުރަން އޭނާ ހޮލީވުޑް އިން ވެސް ބޮޑު މަގްބޫލު ކަމެއް ހޯދާނެ ކަމަކަށް. އޭނާ އެހުރި ހިސާބުގައި އެހުރީ އޭނާގެ މިންނެތް މަސައްކަތުން،" ރާކޭޝް ބުންޏެވެ.
އެ ފިލްމުގައި ރިތިކް ފެނިގެން ދާނީ ދެ ރޯލަކުންނެވެ. އެއީ ހީރޯގެ ބައިންނާއި 'ވިލަން' އެއްގެ ބައިންނެވެ.
"ކްރިޝް4" އަކީ ބޮލީވުޑްގެ ސުޕަހީރޯ ސައިންސް ފިކްޝަންގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރާ ފިލްމެކެވެ. އެ ފިލްމު ރިލިޒްކުރާނީ 2020 ވަނަ އަހަރު ކްރިސްމަސްގައެވެ.
މަސްދަރު: ޒޫމް