08 Jun 2018, 21:05
ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް މީހެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޓެކްސްއާއި ޖޫރިމަނާގެ ގޮތުގައި 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމް ކޮއްފައިވަނީ ރ. ހުޅުދުއްފާރު އިރުމަތީގޭ އަޙްމަދް ނަޖާޙް ގެ މައްޗަށެވެ.
ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ 2.5 މިލިއަން ރުފިޔާ ނަޖާހުގެ އަތުން ހޯދުމަށް މީރާ އިން ކުރި ދައުވާއަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ.
އެހެންކަމުން ޓެކްސް އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ ތިން މަަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި ނަޖާހަށް ވަނީ އަންގައި އަމުރުކޮށްފައެވެ.