08 Jun 2018, 11:21
ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރު އަދި ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު 'ދަޅަކް'ގެ އާ ޕޯސްޓަރެއް ދައްކާލައިފިއެވެ.
އިޝާން އާއި ޖާންވީގެ ލޯބީގެ މަންޒަރެއް ހިމެނޭ އެ ޕޯސްޓަރު އިއްޔެ އާންމުކޮށްފައިވަނީ ކަރަން ޖޯހަރުގެ ޓްވީޓަކުންނެވެ. ފިލްމުގެ އާ ޕޯސްޓަރެއް މިހާރު ދައްކާލައިފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީހު ވެސް ވަނީ އިއުލާންކޮށްފައެވެ.
އަންނަ ޖުލައި 20 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޓްރެއިލާ އަދި އާންމުކޮށްފައިނުވި ނަމަވެސް ކަރަން ބުނީ ފިލްމުގެ ޓްރެއިލާ ދެއްކުމަށް ވަގުތު ކުޑަތަން ވެފައިވާ ކަމަށެވެ.
ޝަޝާންކް ޚައިތަން ޑައިރެކްޓް ކުރާ އެ ފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރެވެ.
ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ އެ ފިލްމުގެ މަސައްކަތް ފަށައިފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ.
#momentsofdhadak#dhadaktrailer coming shortly!!!!!! The magic of immortal love begins......presenting JANHVI and ISHAAN !!!!!@ShashankKhaitanfilm releases 20th JULY 2018#dhadakpic.twitter.com/y8ll68edV7
— Karan Johar (@karanjohar)June 7, 2018
'ދަޅަކް' އަކީ 2016 އަހަރު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު 'ސައިރާތު'ގެ ރީމޭކް އެކެވެ. 'ސައިރާތު' އަށް ވަނީ މުޅި އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ. އެއީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅާއި، ސިޔާސީ ލީޑަރެއްގެ އަންހެން ދަރިފުޅާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.
'ސައިރާތު' ބިނާކޮށްފައި ވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއަކަށް ނަމަވެސް 'ދަޅަކް'ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.
ދާދިފަހުން ޖާންވީ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ސްރީދޭވީ މަރުވުމުގެ ކުރިން ފިލްމުގެ 25 މިނެޓް ބެލިކަމަށާއި މަންމަ ހުރީ އޭނާގެ މަސައްކަތާ މެދު ފަހުރުވެރިވެފައި ކަމަށެވެ.
"ފިލްމު ބެލިއިރު ކިޔާދިން މިތަންކޮޅު މިހެން އިންނަމަ މާ އަސަރުގަދަ އޭ. ރަނގަޅު ކުރަންވީ ކަންތައްތައް ކިޔައިދިން،"