07 Jun 2018, 20:55
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އިސް މަގާމަކަށް އައްޔަނު ކުރައްވައިފިއެވެ.
ނިމާލް އައްޔަނު ކުރެއްވީ ކޮން މަގާމަކަށް ކަމެއް ނޭނގެއެވެ. ނަމަވެސް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ނިމާލު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު)ގެ ދަށުން ކަމަށެވެ.
ނިމާލަކީ ފެނަކައިގެ އެމްޑީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް މި ސަރުކާރުގައި ކުރެއްވި ބޭފުޅެކެވެ.
އޭނާ ވަނީ އެމްއާރުޑީސީގެ އެމްޑީގެ މަގާމުވެސް މި ސަރުކާރުގައި އަދާކުރައްވައިފައެވެ.