07 Jun 2018, 20:36
މަޝްހޫރު އައިކިއާ އިން ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުންތައް ވިއްކުން ހުއްޓާލަން ނިންމައިފިއެވެ.
އައިކިއާ އިން ބުނީ 2020ގެ ނިޔަލަށް ސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުންތައް އެ ކުންފުނީގެ އެއްވެސް ފިހާރައަކުން ނުވިއްކާނެ ކަމަށެވެ.
މުސްތަގުބަލުގައި އެ ކުންފުނިން ވިއްކާ އުފެއްދުންތަކަކީ ހަލާކުވުމުން ފަސޭހައިން މަރާމާތު ކުރެވޭ އަދި ރީސައިކަލް ކުރެވޭނެ އުފެއްދުންތަކަކަށް ހަދާނެ ކަމަށް ވެސް އައިކިއާ އިން ބުނެއެވެ.
ޕްލާސްޓިކް، ހާއްސަކޮށް ސިންގަލް ޔޫސް ޕްލާސްޓިކަކީ ކަނޑުގެ ދިރުންތަކަށް ވެސް އޮތް ނުރައްކަލެކެވެ. ޔޫރަޕިއަން ޔޫނިއަން އިން ވެސް ވަނީ ވިލާތުގެ ގައުމުތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކޮށް 2025 އަންނަންވާއިރަށް އެފަދަ އުފެއްދުންތައް އެއްކޮށް މާކެޓުން ނެގުމަށް ނިންމައިފައެވެ.