06 Jun 2018, 15:14
ވިއްސާރަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ކ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ބުނީ އެ އަތޮޅުތަކަށް ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިއަދު ހެނދުނު 10 އިން މާދަމާގެ 10 އަށް މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު ޅ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވިއްސާރަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.
މެދުތެރެ އާއި އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާި ދެކުނު އަތޮޅުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.