Back
Nov 24, 2025 SUN
SUN

ހިތްވަރުގަދަ މަންމައެއް، ހީވާގި އަނތްބެއް، ދެ ކިޑްނީ ފެއިލްވެ އެހީއެއްގެ އިންތިޒާރުގައި!

ހިތްވަރުގަދަ މަންމައެއް، ހީވާގި އަނތްބެއް، ދެ ކިޑްނީ ފެއިލްވެ އެހީއެއްގެ އިންތިޒާރުގައި!
Lead photo

ދިރިއުޅުމަކީ އިމްތިހާނެކެވެ. އެއްބަޔަކު އުފާވެރިކަމާ އެކީ ދުވަސްތައް ގުނަމުންދާއިރު އަނެއްބައި މީހުން އެ ދިރިއުޅުން ސިފަކުރަނީ ހިތްދަތިކަމާ އެކީ އެވެ. ނަމަވެސް އެކަންތައްތަކަކީ ތާއަބަދަށް ދެމި އޮންނާނެ ކަމެއްނޫނެވެ. ދިރިއުޅުން ކުރިއަށްދާހާ ހިނދެއްގައި އެކި ކަހަލަ އިމްތިހާނުތައް ކުރިމަތިވާނެއެވެ. ބައެއް މީހުންނަށް ހުރިހާ ނިއުމަތެއް ދެއްވި ނަމަވެސް އަނެއްބައި މީހުންނަކީ ބައެއް ކަންތައްތަކުން މަހުރޫމުކުރައްވާފައިވާ މީހުންނެވެ. މިއީ ހުސް އިމްތިހާނެވެ.

ތ. ތިމަރަފުއްޓަށް އުފަން އުމުރުން 33 އަހަރުގެ ފާތިމަތު ޒުމްނާގެ ދިރިއުޅުމަށް އައިސްފައިވާ ކޮޅިގަނޑު ވަރުގަދައެވެ. އޭނާގެ ސިއްހީ ހާލަތު މިއަދު ވަރަށް ދަށެވެ. ފިރިއަކާ ތިން ދަރިން ގެންގުޅެމުން އައި ޒުމްނާގެ ދިރިއުޅުމަށް ތޫފާނެއް އައީ ޑަކްޓަރު އޭނާގެ ދެ ކިޑްނީވެސް ފެއިލްވެފައިވާ ކަމަށް ބުނި ހިސާބުންނެވެ.

އޭނާގެ ބަލި ހާލަތާ ގުޅޭގޮތުން އޭނާގެ ފިރިމީހާ އަހްމަދު އާމިރުސަން ކުލުނުއަށް ބުނީ ޒުމްނާއަށް ކުރީގައިވެސް ކިޑްނީގައި ހިލަ އުފެދޭތީ ފަރުވާ ހޯދަމުން އަންނަ ކަމަށެވެ.

"އެންމެ ކުރިންވެސް ޑަކްޓަރުން ބުނި ކިޑްނީގައި ހިލަ އުފެދޭ ވާހަކަ. އޭރަކު ނޭގެ ކިޑްނީ ފެއިލްވާނެ ކަމެއް. ފަހުން ހެދި ޓެސްޓްތަކުން އެނގުނީ ދެ ކިޑްނީ ވެސް ފެއިލްވެފައި ހުރިކަން،" އޭނާ ބުންޏެވެ.

ޒުމްނާގެ ކިޑްނީ މަސައްކަތް ކުރަނީ ވަރަށް މަދު އިންސައްތައެއް ކަމަށާއި އެކަމުގެ ސަބަބުން ޑަކްޓަރުން ލަފާދެއްވަނީ ވީހާވެސް އަވަހަކަށް ކިޑްނީ ބަދަލުކުރުމަށް ކަމަށް އާމިރު ސަން ކުލުނު އަށް ބުންޏެވެ.

އާމިރު ބުނީ ޒުމްނާ ކެއުމަށް ބޭނުންކުރާ ތަކެއްޗަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޑަކްޓަރު އަންގާފައިވާ ކަމަށެވެ. ކުރިން ލޮނު އަދި ތެޔޮގެ ބާވަތްތައް ބޭނުންކުރި ނަމަވެސް މިއަދު އެފަދަ ބާވަތްތައް ކެއުން މަނާކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. "ބަތް އެއްޗެހި ކައްކާއިރު ލޮނެއް ނާޅަން،"

އާމިރު ބުނީ ކިޑްނީ ޑޯނާއެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި ދެން އޮތް މަސައްކަތަކީ އާމިރުގެ ކިޑްނީ ޓެސްޓްކުރުން ކަމަށެވެ.

"އަހަރެން ޒުމްނާއަށް ކިޑްނީ ދެނީ. އެކަމަކު އަހަރެންގެ ކިޑްނީ ނުގުޅޭނަމަ އާއިލާގެ އެހެން މީހުންވެސް ދޭން ތައްޔާރަށް ތިބީ،" ޒުމްނާގެ ފިރިމީހާ ބުންޏެވެ.

ޑައިލަސިސް ހަދަން ބޭނުންނުވާ ކަމަށާއި ބޭނުންވަނީ ވީހާވެސް އަވަހަކަށް ކިޑްނީ ބަދަލުކުރުން ކަމަށް އާމިރު ބުންޏެވެ.

"ޑަކްޓަރުން ލަފާ ދެއްވަނީ ގިނައިން ހިނގުމަށް. އެކަމަކު ދިހަވަރަކަށް މިނެޓް ހިނގާލާއިރަށް ވަރުބަލިވޭ. އަނެއްކާވެސް ރެސްޓެއް ނަގައިގެން ހިނގޭނީ،" ޒުމްނާގެ ފިރިމީހާ ބުންޏެވެ.

އާމިރު ބުނީ ކިޑްނީ ބަދަލުކުރުމަށް ދާން ހަމަޖެހިފައިވަނީ އިންޑިއާގެ ކޮޗިންއަށް ކަމަށާއި އެކަމަށް އާސަންދަ މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ކޮޗިންގައި ފަރުވާ ހޯދުމަށް މަދުވެގެން ތިން މަހެއްހާ ދުވަސް މަޑުކުރަން ޖެހޭނެ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި މަޑުކުރަން ޖެހުނު ނަމަވެސް މިއަދު އާމިރު އަތުގައި އެވަރުގެ ތަނަވަސްކަމެއް ނެތެވެ. އާސަންދައިން ބޭސްފަރުވާގެ ކަންތައްތައް ހަމަޖެހުނު ނަމަވެސް އެކޮޅުގައި ހުރުމާއި ކެއުމަށް ގިނަ ޚަރަދުތަކެއް ހިނގާނެއެވެ.

އާމިރު ލޯބިވާ އަނތްބަށް މިއަދު ކިޑްނީ ބަދަލުކުރެވޭނީ ރައްޔިތުންގެ ވެސް އެހީއާ އެކީ ގައެވެ. އާމިރު އެދެނީ އޭނާގެ އަނބިމީހާއަށް ތިބޭފުޅުން ކުޑަނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.

ފާތިމަތު ޒުމްނާއަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7832210 (އަހްމަދު އާމިރު/ ފިރިމީހާ)

ބީއެމްއެލް އެކައުންޓް ނަންބަރު: ‎7730000159018 (ފާތިމަތު ޒުމްނާ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)

ނޯޓް:ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics