06 Jun 2018, 15:58
ނަވާރަސަތޭކަ ފަންސާސްވަނަ އަހަރު ނުކުތް ޑިޒްނީ ކާޓޫން "ސިންދުރެއްލާ"ގައި އުޅޭ ޕްރިން ޗާމިންގްއަށް އަޑުއެޅި ވިލިއަމް ފިޕްސް މަރުވެއްޖެއެވެ.
އޭނާ މަރުވިއިރު އުމުރަކީ 96 އަހަރެވެ. ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވީ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުންދަނިކޮށް ކެލިފޯނިއާގެ މެޑިކަލް ސެންޓަރެއްގައެވެ.
މި މަހު އެކެއްގައި ވިލިއަމް މަރުވި ނަމަވެސް އޭނާގެ މަރު މީޑިއާތަކަށް ހިއްސާކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
އޭނާ އެކައުންޓިން ދާއިރާއިން ތައުލީމު ހާސިލްކުރި ނަމަވެސް އޭނާގެ ކެރިއަރަކަށް ފިލްމު އިންޑަސްޓްރީ ވެގެންދިޔައެވެ.
ވިލިއަމް ވަނީ ގިނަ އަދަދެއްގެ ސައިންސް ފިކްޝަނަލް ފިލްމުތަކުން ފެނިގެން ގޮއްސައެވެ. "ސިންދްރެއްލާ" ކާޓޫންގެ ޕްރިންސް ޗާމިންގްއަށް އަޑުއަޅަން ލިބުނީ 1949 ގައެވެ. އެ ކާޓޫނަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެ މެދުގައި ވެސް ނުހަނު މަގުބޫލުވި ކާޓޫނެކެވެ.
ޕްރިންސް ޗާމިންގްގެ އަޑު އޭނާ އަޅައިދީފައިވަނީ 100 ޑޮލަރަށެވެ.
މަސްދަރު: ވެރައިޓީ