އިންސްޓަގްރާމުގައި ޕޯސްޓުކުރެވޭ ވީޑިއޯތަކުގެ ދިގުމިން އެއް ގަޑިއިރަށް ހެދުމަށް ވިސްނަމުންދާކަމަށް އެ އެޕްލިކޭޝަނުން ބުނެފިއެވެ.

އިންސްޓަގްރާމަށް ގެންނަން ވިސްނާފައިވާ ބަދަލުތަކާ ގުޅޭގޮތުން ބުނެފައިވަނީ މި އާ ފީޗާ އާއެކު ވާޓިކަލް ވީޑިއޯތައްވެސް ޕޯސްޓް ކުރެވޭނެ ކަމަށެވެ. އިންސްޓަގްރާމުގެ ޕޭރެންޓް ކުންފުނި، ފޭސްބުކްގެ އިތުރުން ޔޫޓިއުބް އާ އެއްގޮތް ފީޗާއަކަށް އެ ފީޗާ ވާނެއެވެ.

މި ފީޗާ އަކީ އިންސްޓަގްރާމު ފީޑަށް ނޫނީ ސްޓޯރީއަށް ގެންނާނެ ބަދަލެއް ކަމެއް އަދީ ނޭނގެއެވެ. އިންސްޓަގްރާމް ސްޓޯރީގައި މިހާރު ޕޯސްޓް ކުރެވެނީ 15 ސިކުންތުގެ ވީޑިއޯއެވެ.

އިންސްޓަގްރާމުގައި 800 މިލިއަން އެކްޓިވް ޔޫޒަރުން އެބަތިއްބެވެ. މީގެ ތެރޭ ސްޓޯރީ ފީޗާ ކޮންމެ ދުވަހަކު ބޭނުންކުރާ 300 މިލިއަން ޔޫޒަރުންވެސް ހިމެނެއެވެ.