ފެނުގެ ވިއުގައިގެ މަރާމާތު މަސައްކަތްތަކެއް ކުރުމުގެ ގޮތުން މިރޭ 10:00 އިން 2:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ފެން ކަނޑާލާގޮތަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ނިންމައިފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ ފެނުގެ ވިއުގަ މަރާމާތު ކުރަމުންދާ ވަގުތު މާލޭގެ ބައެއް ސަރަހައްދުތަކުން ފެނުގެ ހިދުމަތް ކެނޑިގެންދާނެ ކަމަށެވެ.

"މަސައްކަތް ކުރަމުންދާ ވަގުތު އަމީނީ މަގާއި މޫންލައިޓް ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 25 އާއި އަމީނީ މަގާއި ރަތްވިލާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 54 އާއި އަމީނީ މަގާއި ޖަނަވަރީ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55 އާއި އަމީނީ މަގާއި އިރުދޭމާ ހިނގުމުގައި ހިމެނޭ ބްލޮކް ނަންބަރު 55ގެ ފެނުގެ ހިދުމަތް މެދުކެނޑިގެން ދާނެއެވެ..،" އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނުގައި ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ހިދުމަތަށް ބުރޫ އެރުމާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.