Back
Nov 24, 2025 SUN
SUN

"ކުޅިވަރަށް ރައީސް ޔާމީން ގެނެސްދެއްވާ އިންގިލާބީ ބަދަލުތައް ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެން ދާނެ"

"ކުޅިވަރަށް ރައީސް ޔާމީން ގެނެސްދެއްވާ އިންގިލާބީ ބަދަލުތައް ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެން ދާނެ"
Lead photo

ޒުވާނުންނާއި ކުޅިވަރަށް ރައީސް ޔާމީން ގެނެސްދެއްވާ އިންގިލާބީ ބަދަލުތައް ދިވެހި ތާރީހުގައި ރަން އަކުރުން ލިޔެވިގެން ދާނެ ކަމަށް ޒުވާނުންގެ މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

އިރުތިޝާމް އެހެން ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި މި ހިނގާދިޔަ ހަތަރު އަހަރާއި ފަސް ވަރަކަށް މަސް ދުވަސް ތެރޭގައި ރާއްޖޭގެ ކުޅިވަރަށް ގެނެސްދިން ކާމިޔާބީ ފާހަގަކުރުމަށް ރޭ ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ހަފްލާގައި ސަރުކާރުން ހިންގަމުންދާ ކުޅިވަރުގެ މަޝްރޫތަކާއި، މިހާތަނަށް ނިމިފައިވާ ކަންކަމުގެ ވާހަކަ ހިއްސާ ކުރަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހިނގަމުން މިދަނީ ޒުވާނުންނާއި ކުޅިވަރުގެ ރަންޒަމާނެއްގެ ގޮތުގައި ފާހަގަކުރެވިގެންދާ ދުވަސްތަކެއް ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ޒުވާނުންނަށް އުއްމީދާއި ކުރިއެރުން ގެނެސްދެއްވީ ދިވެހިރާއްޖޭގެ ތާރީހް ދެކެފައި ނުވާފަދަ އިންގިލާބީ ބަދަލުތަކަކާއެކު. 'ކުޅިވަރު މެނިފެސްޓޯ' އާއި 'ޒުވާނުންގެ މެނިފެސްޓޯ'ގެ ނުވަދިހަ އިންސައްތަ ހާސިލްވެއްޖެ. ޔޫތު މިނިސްޓްރީގެ އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ ރަށެއް ނޯންނާނެ،" މިނިސްޓަރި ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުޅިވަރު މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ސްޕީޑެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރެވެމުންދާ ކަމަށެވެ.

"މި ސަރުކާރު އައިއިރު މުޅި ރާއްޖޭގައި ޤާއިމުކުރެވިފައިވަނީ ފަސް ފުޓްސަލް ދަނޑު. މި ސަރުކާރު އައި ފަހުން މިހާތަނަށް 80 ފުޓްސަލް ދަނޑު ވަނީ ނިމިފަ. 101 ފުޓްސަލް ދަނޑުގެ މަސައްކަތް ހިނގަމުން އެބަދޭ. މީގެ އިތުރުން، 83 ވޮލީކޯޓް ވަނީ ނިމިފައި. 23 ވޮލީ ކޯޓްގެ މަސައްކަތް ހިނގަމުން އެބަދޭ. 93 ބަށިކޯޓް ވަނީ ނިމިފައި. 17 ބަށިކޯޓްގެ މަސައްކަތް ދަނީ ހިނގަމުން. 49 ފުޓްބޯޅަ ދަނޑު ވަނީ ނިމިފައި. 27 ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހިނގަމުން އެބަދޭ. 44 ނެޓްބޯޅަ ކޯޓް ވަނީ ނިމިފައި. 11 ނެޓްބޯޅަ ކޯޓްގެ މަސައްކަތް ހިނގަމުން އެބަދޭ. 11 ބާސްކެޓް ކޯޓް ވަނީ ނިމިފައި. ދެ ބާސްކެޓް ކޯޓްގެ މަސައްކަތް ހިނގަމުން އެބަދޭ،" މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ ކުޅިވަރުގައި ހަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ވައުދުގެ ދަށުން، ކުލަބު ޖަމިއްޔާތަކަށް ކުޅިވަރުގެ އެހީގެ ގޮތުގައާއި އެސޯސިއޭޝަންތައް ހިންގުމުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް 273 މިލިއަނަށްވުރެ ގިނަ ރުފިޔާ ވޭތުވެދިޔަ ހަތަރު އަހަރާ ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ދޫކުރެވިފައިވާ ކަމަށެވެ.

މި ސަރުކާރު ހަވާލުވިފަހުން ކުލަބު ޖަމިއްޔާތަކަށާއި، އެސޯސިއޭޝަންތަކަށް އެވްރެޖްކޮށް އަހަރަކު 60 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި، މިސަރުކާރު އައުމުގެ ކުރިން ދޫކުރެވިފައިވަނީ ގާތްގަނޑަކަށް އަހަރަކު 27 މިލިއަން ރުފިޔާ ކަމަށްވެސް ރޭގެ ހަފްލާގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ރޭ ބޭއްވި ހަފްލާގައި ޔޫތު މިނިސްޓްރީގެ ފަރާތުން ރަށްރަށުގައި ހިންގާ ޒުވާނުންގެ މަރުކަޒުތަކަށް ޖިމް ސާމާނާއި ޕްރޮޖެކްޓަރުވެސް ހަވާލުކޮށްދެއްވައިފައިވެއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics