06 Jun 2018, 10:47
ޒަމާނުއްސުރެ ދިވެހިންނަކީ އެއްބައިވަންތަ ބަޔެކެވެ. އެކަކު އަނެކަކަށް އެހީވާ ހިތްހެޔޮ ބަޔެކެވެ. އެއްގޭގެ ބަތްތެލީގެ ފޫ ކަހާލާ އަޑު އިވުމުން ޖެހިގެން ހުރިގެއިން ބަތް ގެންގޮސްދޭ ވާހަކައަކީ ކުޑައިރުއްސުރެ އަހާ ވާހަކައެވެ. އެތަން ހަމަ ލޮލުން ނުފެނުނު ނަމަވެސް، މިފަދަ އެހެން މަންޒަރުތައް ވަނީ ފެނިފައެވެ.
ޚާއްސަކޮށް ގޭގައި މީރު ކާއެއްޗެއް ހަދައިފިނަމަ ކައިރި އަވައްޓެރިންނަށާއި ގާތްތިމާގެ މީހުންނަށް ގެންގޮސްދޭ ހަނދާނަކީ މާދުރުނޫން މާޒީގެ ހަނދާންތަކެވެ. ހުކުރު ދުވަސްދުވަހާއި އީދު ދުވަސްތައް އަދި ރަމަޟާން މަހު މިކަންތައް އިތުރުވެއެވެ.
ޚާޢްސަކޮށް އަތޮޅުތެރޭގެ ރަށްރަށުގައި މިއީ މިހާރުވެސް ފަނޑުނުވެ އޮތް ރީތި އާދައެކެވެ. އެކަކު ހަދާ ކާއެއްޗެހި އަނެކާއަށް ގެންގޮސްދީ ގުޅުން ބަދަހި ކުރުމުގެ މި ސަގާފަތަކީ އަދިވެސް މަރުނުވެ އޮތް ސަގާފަތެކެވެ. ނަމަވެސް މާލޭގައި މި މަންޒަރު އެހާ އާންމެކޭ ނުދެންނެވޭނެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ "ކޮށީގައި" އަމިއްލަ ޒަރޫރަތްތައް ކިރިޔާ ފުއްދާލެވޭ ހާލުގައި ދިރިއުޅޭ މާލޭގައި އަވައްޓެރިކަމުގެ ގުޅުމަކީ ނެތް އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ނަމަވެސް ހުޅުމާލެ އާބާދުވަމުން އަންނައިރު، ފްލެޓުތަކުގައި އުޅޭ މީހުންގެ މެދުގައި އަވައްޓެރިކަމުގެ ގުޅުން އަންނަނީ ބަދަހިވަމުންނެވެ.
ދިރިއުޅުމަށް އައި ބަދަލާއެކު ރަށުގެ ދިރިއުޅުން މާލެއަށް ބަދަލުކުރުމަށްފަހުވެސް އެންމެ ހަނދާންވާ އެއް ކަަމަކީ ރޯދަ މަހު އެއްގެއިން އަނެއް ގެެއަށް "ތަށިބަރި ހިފައިގެން" ދާ ދިއުމެވެ. ރޯދަ ވީއްލަން ކައިރިވާވަރަކަށް މަގުތައް މަތިން މި މަންޒަރު ފެނެއެވެ. ނަމަވެސް މާލޭގެ ހަލަބޮލި މާހައުލުގައި މިއީ ކުރަން ދަތި ކަމަކަށް ވަނީ ވެފައެވެ. ހާޢްސަކޮށް ހަވީރުގެ ކާރޫބާރު ބޮޑު ވަގުތު މަގުމައްޗަށް ނިކުމެ، ހިނގައިލުމަކީ ދަތިކަމެކެވެ. އާއިލީ ގުޅުން، ރައްޓެހިކަމުގެ ގުޅުން ވައިބާ ގުރޫޕަކަށް ފޮނުވާލާ މެސެޖަކުން ނިންމާލާ މި ޒަމާނުގައި އިއްޔެ ހަވީރު ފެނުނީ އުފާވެރި މަންޒަރެކެވެ.
I nominate@zoloahmedhumaamto join#ThashibariMovementshare love and happiness ❤pic.twitter.com/eKXfJHK1zp
— Shahudhaan (@TeamShahudhaan)June 5, 2018
އިއްޔެ ހަވީރު ޓްވިޓާ ހުޅުވާލިއިރު "#ތަށިބަރިމޫމެންޓް"ގެ ނަމުގައި ހޭޝްޓެގެއް ދައުރުވާތަން ފެނުނެވެ. ތަށިބަރީގެ ފޮޓޯ އަކާއެކު ކޮންމެވެސް ރައްޓެއްސެއް ޓެގުކޮށް މި ތަށިބަރި މޫމަންޓާ އެ ރަހުމަތްތެރިޔާ ވެސް ވައްދާތަން ފެންނަމުންދިޔައެވެ.
Today’s Roadhavillun menu includes some good food sent via old skool Thashibari. A lovely initiative for this blessed month. Share food, share love with your friends and family#ThashibariMovementpic.twitter.com/61FQcV1qwI
— Shoonchmello (@Shoonchy)June 5, 2018
What’s a#ThashibariMovement?
Looks all sorts of heartwarming.— Mizy Musthafa (@MizyMusthafa)June 5, 2018
މިއީ ރައްޓެހިންނާއެކު މީރު ކާއެއްޗެހި ހިއްސާކުރުމުގެ ސަގާފަތް ދިރުވުމަށް ހިންގާ ހަރަކާތެކެވެ. ފޭސްބުކް، ޓްވިޓާ އަދި އިންސްޓަގްރާމުގައި ވެސް ތަށިބަރި މޫމަންޓް ކުރިއަށް އެބަގެންދެއެވެ. މިއީ އުފާވެރި މަންޒަރެކެވެ. ތަށިބަރި ލިބޭ މީހާ، އެ ތަށިބަރި ކާއެއްޗެއްސާއެކު އެހެން މީހަކަށް އަލުން ރައްދުކޮށް ހަދިޔާ ކުރާ މަންޒަރަކީ ކުޑައިރު ރަށުގައި އުޅުނުއިރު ކައިރި ގޭގެއަށާއި ތިމާގެ ގޭގެއަށް ތަށިބަރި ހިފައިގެން ދާ ހަނދާން އާކޮށްދޭ ކަމެކެވެ.
Wt do i have to do to get a Thashibari? ????#ThashibariMovement
— Dis Fazeelu (@Phasycxz)June 5, 2018
ތަށިބަރި ލިބޭއިރު އެ ހަރަކާތް ކުރިއަށް ގެންދާ ގޮތުގެ ކުރު ހުލާސާއެއް ހިމެނޭ ޓެގެއްވެސް ތަށިބަރީގައި ހަރުކޮށްފައި އިނދެއެވެ. މި ހަރަކާތްފެށުނީ ކިހިނެއް ކަމެއް ސީދާ ނޭނގުނެވެ. އެކަމަކު މިއީ ތައުރީފު ހައްގު ހިތަށް ފިނިކަން ގެނެސްދޭފަދަ އުފާވެރި މަންޒަރެކެވެ. ތަށިބަރިއެއް ލިބޭނެ ކަމުގެ އިންތިޒާރުގައިވެސް ގިނަ ބަޔަކު އެބަތިއްބެވެ.
Just received this “Thashibari” definitely joining#ThashibariMovement❤️pic.twitter.com/a758euebuG
— Moosa Waseem (@MoosaWaseem)June 5, 2018
ރޯދަމަސް ނިމެން ދާއިރު މިއީ ތައުރީފު ހައްގު މަސައްކަތެކެވެ. އެކަކު އަނެކެއްގެ ހާލުބެލުމާއި، ދީލަތި ކަމާއި ހިތްހެޔޮ ކަމުގެ މި މައްސަރުގައި ގުޅުން ބަދަހިކުރަން މިއީ ކޮންމެހެންވެސް ކުރަން ވެފައި އޮތް ކަމެކެވެ.