އުރީދޫ މަސްރޭހުގެ ފައިނަލަށް ތާޖް އެގްޒޯޓިކާ އަދި މިލައިދޫ ދަތުރުކޮށްފިއެވެ.

ރޭ ބްރިޖް ވިއުއިން ޕްލެޓްގޯމުގައި ކުރިއަށްދިޔަ މަސްރޭހުގެ ދެވަނަ ފައިނަލުގައި ހަތަރު ޓީމު ވާދަ ކުރިއެވެ. މިލައިދޫ އާއި ތާޖުގެ އިތުރުން ދެން ވާދަކުރީ ޓީމް ނަލަހިޔާ އަދި ޓީމް އެމްޕީއެލް އެވެ.

އުރީދޫ މަސްރޭހުގެ ފައިނަލްގައި ޓީމް މިލައިދޫ އަދި ޓީމް ތާޖް އެގްޒޯޓިކާ ވާދަކުރާނީ، ފުރަތަމަ ސެމީފައިނަލް ކާމިޔާބުކުރި ޓީމް މަލަހިނި އަދި ޓީމް ސްޓެލްކޯގެ އިތުރުން، ކުރިއަށްއޮތް ތިންވަނަ ސެމީފައިނަލް އިން އެންމެ ކުރި ހޯދާ ދެ ޓީމާއެވެ.

މަސްރޭހުގެ ސެމީފައިނަލްގެ ތިންވަނަ އިވެންޓް އޮންނާނީ މާދަމާއެވެ.

ސެމީ ފައިނަލްގެ ތިންވަނަ ބުރުވެސް ކުރިއަށްދާނީ ބްރިޖް ވިއުއިން ޕްލެޓްފޯމްގައެވެ. ސެމީފަިނަލް ފަހު އިވެންޓުގައި ވާދަކުރާނީ ޓީމް ކޯސްޓްލައިން, ޓީމް އެޗްޑީސީ، ޓީމް އަމާރީ އަދި ޓީމް އެންސިސް، އަދި ޓީމް ކޮންރެޑް އެވެ.