08 Sep 2011, 09:06
މޮސްކޯ (ސެޕްޓެމްބަރ 8) : ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓެއް ވެއްޓި އެއިން ދަތުރުކުރި 45 މީހުންގެ ތެރެއިން 44 މީހުން މަރުވެއްޖެވެ. ރަޝިޔާގެ ކުއްލި ކަންތައްތަކާބެހޭ ވުޒާރާ ބުނިގޮތުގައި ކުރީގެ ސޮވިއެޓް ޔުނިޔަންގައި އުފައްދާފައިވާ "ޔާކް 42" މަރުކާގެ މިބޯޓު ދަތުރުކުރީ ރަޝިޔާގެ ހުޅަނގުގައިވާ ތުނޫޗާ އެއަރޕޯޓުން ފުރައިގެން އަވަށްޓެރި ބެލަރޫސް އަށް ދިޔުމަށެވެ.
މިބޯޓު ވެއްޓިފައިވަނީ އެއަރޕޯޓުން ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ވެއްޓިފައިވާ ބޯޓުގެ ބައިތަކާއި މީހުންގެ ހަށިތައް ފެނިފައިވަނީ ތުނޫޗާ އެއަރޕޯޓާ 500 ވަރަކަށް މީޓަރު ދުރުންނެވެ. މިޙާދިޘާގައި، ބޯޓުން ދަތުރުކުރި 37 ފަސިންޖަރުންނާއި 9 ފަޅުވެރިންގެ ތެރެއިން އެކަކު ފިޔަވައި އެހެން އެންމެން މަރުވިއެެވެ. މި ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ ތެރޭގައި ރަޝިޔާގެ އައިސް ހޮކީ ޓީމުގެ މެންބަރުންވެސް ހިމެނޭކަމަށް އިންޓަރފެކްސް ނޫސްއެޖެންސީ ބުނެއެވެ.
ރަޝިޔާއަކީ މަތިންދާބޯޓުވެއްޓުމު ޙާދިޘާތައް ގިނަ ޤައުމެކެވެ. މިގޮތުން މިދިޔަ ޖޫން މަހުގެތެރޭގައިވެސް ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޯޓެއްވެއްޓި އެއިން ދަތުރުކުރި 47 މީހުން މަރުވެފައިވެއެވެ. (ނޫސްއެޖެންސީތައް)