Back
Nov 24, 2025 SUN
SUN

ޝަރަފުގެ ހާފް މެރަތަން ރެކޯޑު އަނެއްކާވެސް ޝިފާޒު މުގުރާލައިފި

ޝަރަފުގެ ހާފް މެރަތަން ރެކޯޑު އަނެއްކާވެސް ޝިފާޒު މުގުރާލައިފި
Lead photo

ޝިފާޒް މުހައްމަދު މިދިޔަ މާޗު މަހުގެ ފަހުކޮޅުގައި ހެދި ގައުމީ ހާފް މެރަތަން ރެކޯޑަށް ހަފްތާއެއްވެސް ނުވަނީސް އަހްމަދު ޝަރަފް އެ ރެކޯޑު މުގުރާލި އިރު، ޝީފާޒް އަނެއްކާވެސް ޝަރަފުގެ ރެކޯޑު މުގުރާލައިފިއެވެ.

ޝަރަފުގެ ރެކޯޑު ޝިފާޒް މުގުރާލައިފައި ވަނީ ނޭޕާލްގެ ކަންޓިޕޫރް ހާފް މެރަތަންގައި މިމަހުގެ އެއްވަނަ ދުވަހު ދުވެގެންނެވެ. އެ ރެކޯޑު އެތުލެޓިކްސް އެސޯސިއޭޝަނުން މިއަދު ވަނީ ވެރިފައިކޮށްދީފައެވެ.

އޮލިމްޕިކްސް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން މޮރޮކޯގައި ތަމްރީންތައް ފުރިހަމަކުރަމުންދާ ޝަރަފް، އޭޕްރީލް މަހުގެ ކުރީކޮޅުގައި މުގުރާލާފައިވަނީ މާޗު މަހު ސްޕެއިންގެ ވެލެންސިއާގައި ކުރިއަށްދިޔަ ހާފް މެރަތަން ޗެމްޕިއަންޝިޕްގައި ޝިފާޒް ގާއިމްކުރި ގައުމީ ރެކޯޑެވެ.

މޮރޮކޯގައި ކުރިއަށްދިޔަ ސެމީ މެރަތަން އިންޓަނޭޝަނަލްގައި ދުވެގެން ޝިފާޒްގެ ރެކޯޑު، ޝަރަފް މުގުރާލީ އެއް ގަޑިއިރާއި 14 މިނެޓް، 11 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ. ޝަރަފުގެ ރެކޯޑު ޝިފާޒް އަނެއްކާވެސް މުގުރާލައިފައިވާ އިރު، މިފަހަރު އޭނާ ދުވުން ފުރިހަމަ ކުރީ އެއް ގަޑިއިރާ 14 މިނެޓް އެއް ސިކުންތުންނެވެ.

މިދިޔަ އަހަރު ހާފް މެރަތަންގެ ރެކޯޑު ޝަރަފް މުގުރާލީ 2014 ވަނަ އަހަރު ޕުކެޓް މެރަތަންގައި އަހުމަދު ރިޒާ ގާއިމްކުރި ރެކޯޑެވެ. އެ އަހަރު ރިޒާ މުގުރާލާފައި ވަނީ 1994 ވަނަ އަހަރު ނަސީރު އިސްމާއިލް ގާއިމްކުރި ރެކޯޑެވެ. އޭރު ނަސީރު ރޭސް ފުރިހަމަކޮށްފައި ވަނީ އެއް ގަޑިއިރާއި، 19 މިނެޓް، 23 ސިކުންތުންނެވެ. ޕުކެޓް މެރަތަންގައި ނަސީރުގެ ރެކޯޑު، ރިޒާ މުގުރާލީ އެއް ގަޑިއިރާއި، 19 މިނެޓް، ފަސް ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިދިޔަ އަހަރު ޝަރަފް އަތުގައި އޮތް ގައުމީ ހާފް މެރަތަން ރެކޯޑު ޝިފާޒް މުގުރާލީ މިދިޔަ އަހަރު މެއި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޝިފާޒް ވަނީ މިދިޔަ އަހަރުގެ ތެރޭގައިވެސް ދެ ފަހަރަށް ގައުމީ ހާފް މެރަތަން ރެކޯޑު އާކޮށްފައެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics