Back
Nov 24, 2025 SUN
SUN

ފުންކުރުމަށް ފަހު ފަތާ ޓްރެކް އާންމުންނަށް ހުޅުވާލައިފި

ފުންކުރުމަށް ފަހު ފަތާ ޓްރެކް އާންމުންނަށް ހުޅުވާލައިފި
Lead photo

ބީއެމްއެލް ސްވިމިން ޓްރެކް ސަރަހައްދު ފުންކުރުމަށް ފަހު އަނެއްކާ ވެސް އާއްމުންނަށް ހުޅުވާލައިފި އެވެ.

މާލޭ ސްވިމިން ޓްރެކަށް ގިނަ އަދަދެއްގެ ފަސްތަކެއް ޖަމާވުމުން، ފަސްތައް ނަގައި ޓްރެކް ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކުރުމަށް ޓްރެކް ސަރަހައްދު ވަގުތީ ގޮތުން ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.

ސްވިމިން ޓްރެކް ސަރަހައްދު ވޮޑިފައި --- ފޮޓޯ/ ސްވިމިން އެސޯސިއޭޝަން

ސްވިމިންގް ޓްރެކަށް ޖަމާވެފައިވާ ފަސްތައް ނަގައި އެސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ހައުސިން މިނިސްޓްރީންނެވެ. މިފަހަރު ސްވިމިން ޓްރެކް އަލުން ހުޅުވާލައިފައި ވަނީ އެސަރަޙައްދުގައި ގާއިމްކޮށްފައިވާ ސްވިމިން ޕްލެޓްފޯމްގެ ބައެއް މަރާމާތު ވެސް ކުރުމަށްފަހުގަ އެވެ.

ސްވިމިން އެސޯސިއޭޝަނުން ބުނެފައިވާ ގޮތުން ހައުސިން މިނިސްޓްރީން ވަނީ ވަނީ 2.5 މީޓަރާއި 3.5 މީޓަރާއި ދެމެދުގެ ފުންމިނަކަށް ޓްރެކް ސަރަޙައްދު ފުންކޮށްފަ އެވެ. އޭގެ އިތުރުން ވެސް ސްވިމިން ޓްރެކް ސަރަޙައްދުގައި ގާއިމްކޮށްފައިވާ ދެ ޕްލެޓްފޯމްގެ ބައެއް މަރާމާތުތައް ކުރުމުގައި އެމްއެންޑީއެފްގެ އެހީތެރިކަން ވެސް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

މަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ މުއައްސަސާތަކާއި އަދި ވަކިވަކި ފަރުދުންނަށް އަދި އެއްބާރުލުންދެއްވި ހުރިހާ ފަރާތްތަކަށް ސްވިމިން މިއެސޯސިއޭޝަނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފަތާ ޓްރެކް ސަރަހައްދަކީ އާއްމުކޮށް މާލޭގެ ގިނަ ބަޔަކު މޫދަށް އެރި، ފެތުމުގެ ގިނަ ހަރަކާތްތަކެއް ހިންގާ ސަރަހައްދެކެވެ. އެ ސަރަހައްދު ވަރަށް ބޮޑަށް ވޮޑި، ވެލި އަރަމުންދާތީ ހައުސިން މިނިސްޓްރީން އެ ސަރަހައްދު ފުން ކުރަށް ނިންމީ ގިނަ ޝަކުވާތަކެއް އެކަމަށް އައުމުންނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics