ހޮލީވުޑް ފިލްމު "ޓްރިޕްލް އެކްސް 4"ގައި ބޮލީވުޑް ސްޓައިލްގެ ލަވައެއް ފެނިގެންދާނެ ކަމަށް ޑައިރެކްޓަރު ޑީ ޖޭ ކަރޫސޯ ބުނެފިއެވެ.

ޑީޖޭގެ ޓްވިޓާ އެކައުންޓްގައި ބުނެފައިވަނީ ބަތަލާ ދީޕިކާ ވެސް ކުރީ ފިލްމާ އެއްގޮތަށް މި ފިލްމުން ވެސް ފެނިގެންދާނެ ކަމަށާއި ލަވަ ފެނިގެންދާނީ ދީޕިކާ އާ އެކު ކަމަށެވެ. އަދި އެ ފިލްމުގައި ގެންނާނީ "ލުންގި ޑާންސް" ލަވައެއްތޯ ވަނީ ސުވާލުކޮށްފައެވެ.

އޭނާ ފިލްމު ނިންމާލަން ބޭނުންވަނީ ދީޕިކާގެ ބޮލީވުޑް ސްޓައިލްގެ ލަވައަކުން ކަމަށާއި އެ ލަވައިގެ ސަބަބުން ފިލްމު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބުނެފައި ވެއެވެ.

ވިން ޑީޒެލް ބަތަލުގެ ލީޑް ރޯލް ކުޅޭ ސިލްސިލާގެ އެންމެ ފަހުގެ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 346.1 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ.