03 Jun 2018, 17:02
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އައްޑޫ ސިޓީގެ ހުޅުމީދުގައި އަޅާ މަސް ފެކްޓްރީ އަންނަ މަހު ހުޅުވޭތޯ މަސައްކަތްކުރަމުންދާ ކަމަށް އެކުންފުނިން ބުނެފިއެވެ.
މިފްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރު ރަމްޒީ އަބޫބަކުރު "ސަން"އަށް މައުލޫމާތު ދެމުން ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ މިމަހުގެ 30 ވަނަ ދުވަހަށް ހުރިހާ މަސައްކަތްތަކެއް ނިންމާލުމަށް ކަމަށެވެ.
"މިހާރު މަސައްކަތް ކުރަމުންދަނީ ރެފްރިޖިރޭޝަން އިކުއިޕްމަންޓްތައް ހަރުކުރުމުގެ އެންމެ ފަހުގެ މަސައްކަތް،" ރަމްޒީ ވިދާޅުވިއެވެ.
MIFCO ge CEO Adly Ismail Addu Fisheries Complex Project kuriyah dhaagoiy bahlavi lehvumah Addu Complex ah ziyaaraiy kurahvaifi.pic.twitter.com/T7luOKPsKU
— Abdulla Rasheed (@adduradhun)April 16, 2018
ރަމްޒީ ވިދާޅުވީ މިފްކޯގައި މަސް ފެކްޓްރީ ގާއިމުކުރެވިގެން ދާއިރު އެ ފެކްޓްރީގައި 100 ޓަނުގެ މަސް ގަނެވޭނެ ކަމަށާއި 1،500 ޓަނުގެ މަސް ރައްކާކުރެވޭނެ ކަމަށެވެ. އަދި ވިދާލުވީ އެ ފެކްޓްރީން 100 ޓަނުގެ އައިސް ވެސް ވިއްކޭނެ ކަމަށެވެ.
ރަމްޒީ ވިދާޅުވީ މިފްކޯގެ އަމާޒަކީ އައްޑޫގައި ހަދާ ފެކްޓްރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒިފުންނަކީ ދިވެހިންނަށް ހެދުން ކަމަށެވެ. އެ ފެކްޓްރީއަށް 80 މުއައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށް ރަމްޒީ ވިދާޅުވިއެވެ.
މަސް ފެކްޓްރީއަށް ބޭނުންވާ މުއައްޒަފުން ހޯދައި ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމުގެ ގޮތުން މިފްކޯއިން ވަނީ އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި އޮޕަން ޑޭއެއް މިމަހު ބާއްވާ ގޮތަށް ހަމަޖައްސައިފައެވެ.
އޯޕަންޑޭ ބޭއްވުމަށް ހަމަޖައްސައިފައިވާ ސަރަހައްދުތައް
20 ޖޫން - އައްޑޫ ސިޓީ ހުޅުމީދޫ
- 21 ޖޫން - އައްޑޫ ސިޓީ ހުޅުދޫ
- 22 ޖޫން- ފުވައްމުލައް ސިޓީ