03 Jun 2018, 11:13
ބްލެކް ޕެންތާއަކީ މިއަހަރު މިހާތަނަށް ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބު ލިބުނު ފިލްމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ފިލްމެކެވެ.
އަހަރުގެ އެވޯޑް ސީޒަނާ ހަމައަށް ދާން އަދި ލައްކަ ދުވަސް އޮތްނަމަވެސް، ބްލެކް ޕެންތާއަށް މިހާރުވެސް ވަނީ އެވޯޑުތައް ލިބެން ފަށައިފައެވެ.
ބުރާސްފަތި ދުވަހުގެރޭ ބޭއްވި ގޯލްޑަން ޓްރެއިލާ އެވޯޑްސްގައި ބްލެކް ޕެންތާ އަށް ވަނީ ގިނަ އެވޯޑުތަކެއް ލިބިފައެވެ.
އެގޮތުން ބެސްޓް އެކްޝަން، ބެސްޓް އެކްޝަން ޓީވީ ސްޕޮޓް، ބެސްޓް މިއުޒިކް ޓީވީ ސްޕޮޓްގެ އިތުރުން "ބެސްޓް ޝޯ"ގެ އެވޯޑުވެސް އެ ފިލްމުން ވަނީ އުފުލާލައިފައެވެ.
ގޯލްޑަން ޓްރެއިލާ އެވޯޑްސްއަކީ ފިލްމުތަކުގެ މާކެޓިން އާއި ޓްރެއިލާ، ޕޯސްޓަރު، ޓީވީ ތަކުން އިޝްތިހާރުކޮށް ހޯދާ ކާމިޔާބީއަށް ބަލާފައި ދޭ އެވޯޑެކެވެ.