03 Jun 2018, 10:11
ބޭނުންވާނެ ތަކެތި
- 100 ގްރާމް އޯރިއޯ ބިސްކޯދު ( ކްރީމް ކޮޅު ނަގާފައި)
- 50 ގްރާމް ބަޓަރ
- 500 މިލިލީޓަރު ކިރު
- 250 މިލި ލީޓަރު ވިޕިން ކްރީމް
- 300 ގްރާމް ޗޮކްލެޓް
- 100 ގްރާމް ހަކުރު
- 15 ގްރާމް ޖެލެޓިން
ތައްޔާރުކުރާނެ ގޮތް:
ބިސްކޯދުކޮޅު ބްލެންޑާއިން ހިމުންކޮށްލާށެވެ. ބަޓަރުކޮޅު ދިޔާކޮށްލުމަށްފަހު ބިސްކޯދާ އެއްކޮށް ޓްރޭއެއްގައި ބިސްކޯދު ބޭސް އެއް އަޅާށެވެ.
ދެން ކިރު، ވިޕިން ކްރީމް އަދި ޗޮކްލެޓްކޮޅު އެއްކޮށްލުމަށްފަހު ޗޮކްލެޓްކޮޅު ވިރެންދެން މަޑު ގިނީގައި ކައްކާލާށެވެ. ޗޮކްލެޓްކޮޅު އެއްކޮށް ވިރުމުން ޖެލެޓިން ކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު އުދުންމަތިން ބަލައި ޗޮކްލެޓް މިކްސާ ބިސްކޯދު ބޭސްގެ ތެރެއަށް އަޅާށެވެ.
ހިހޫވުމުން ފްރިޖްގައި 12 ގަޑިއިރު ވަންދެން ސެޓްކުރަން ބަހައްޓާށެވެ.