Back
Nov 24, 2025 SUN
SUN

ނިއު ބަލިކޮށް، މާޒިޔާއިން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި

ނިއު ބަލިކޮށް، މާޒިޔާއިން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި
Lead photo

ރަމަޟާން ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅުނު ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

އިއްޔެ ހަވީރު އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު ދެވަނަ ބުރުގެ މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މެޗުގައި މާޒިޔާއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަހުމަދު ނާޒް (އާކޭ) އެވެ. އިއްޔެގެ މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މާޒިޔާގެ މުހައްމަދު ނާޒިމެވެ.

މާޒިޔާއާއި ނިއު އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މިއަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ.

އެ ހަތް ޓީމުގެ ތެރެއިން މުބާރާތުގެެ ދެވަނަ ބުރުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭ އިރު އެއްވަނާގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެ ވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ދެވަނަ ބުރަށް ދަތުރުކުރި ޓީމުތައް:

  • ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
  • ކްލަބު ވެލެންސިއާ
  • ދިވެހި ސިފައިންގެ ކްލަބު
  • ޕޮލިސް ކްލަބު

ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގެ މެޗެއް މިއަދު ހަވީރު 4:30ގައި ވެސް އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ ޕޮލިސް ކްލަބާއި ވެލެންސިއާއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics