ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްރޭސް ކަމުގައިވާ އޫރިދޫ މަސްރޭހުގެ ފުރަތަމަ ސެމީފައިނަލް ބުރު ނިމި، ސްޓެލްކޯއާއި މަލަހިނި ކުޑަބަނޑޮސް ރިސޯޓުގެ ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ. އުރީދޫ މަސްރޭހުގެ ފައިނަލަށް ޖުމްލަ ހަ ޓީމު ދަތުރުކުރާނެއެވެ.

ޓީމް ސްޓެލްކޯ އަދި ޓީމް މަލަހިނި ފައިނަލްގެ ދެ ޖާގަ ކަށަވަރު ކޯށްފައިވަނީ ރޭ ބްރިޖް ވިއުއިންގ ޕްލެޓްފޯމްގައި ކުރިއަށްގެންދިޔަ އިވެންޓުގައި ޓީމް ގްރޭޓާރ މާލެ އަދި ޓީމް ޓުއަރިޒަމް ކްލަބާއި ވާދަކޮށްގެންނެވެ.

ފައިނަލްގެ ތިންވަނަ ޖާގައާއި ހަތަރުވަނަ ޖާގަ ކަށަވަރުވެގެންދާނީ އަންނަ ހޯމަދުވަހު ބާއްވާ ސެމީފައިނަލްގެ ދެވަނަ އިވެންޓުގައެވެ.

ސެމީފައިނަލްގެ ދެވަނަ އިވެންޓެވެސް ބާއްވަން ހަމަޖެހިފައިވަނީ ބްރިޖް ވިއު ޕްލެޓްފޯމްގައިކަމަށް އުރީދޫއިން ބުންޏެވެ. އަދި ސެމީފައިނަލްގެ ދެވަނަ އިވެންޓްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ، ޓީމް މިލައިދޫ އައިލެންޑް މޯލްޑިވްސް, ޓީމް ތާޖް އެގްޒޯޓިކާ، ޓީމް އެމްޕީއެލް އަދި ޓީމް ނަލަހިޔާއެވެ.

އޭޕްރިލް މަހުން ފެށިގެން ތިން މަހުގެ މުއްދަތަށް 10 އިވެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އަހަރުގެ މަސްރޭހުގެ މިހާރު ކުރިއަށްދަނީ ސެމީފައިނަލް ބުރުތަކެވެ.