ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި ޒަޚަމް ތަކެއް ލިބިއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ މިރޭ 8:30 ހާއިރު ހުޅުމާލޭ ޕީޕީއެމް ޖަގަހަ ކައިރީގައި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކު ހޮސްޕިޓަލަށް ގެނެސް ފައިވާކަމަށެވެ.

އާޝިޔާ ވިދާޅުވީ އަނިޔާ ވެގެން ގެނައި މީހާގެ މޫނުމައްޗަށް ބޮޑެތި ޒަޚަމް ތަކެއް ވެފައި ވާކަމަށާއި މީހާރު އޭނާ އަށް ފަރުވާ ދެމުން ދާކަމަށެވެ.

އެ އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.