މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ހޮޓެލް ޖެންގައި މިއަދު އޮތް މަޓާޓޯގެ އަހަރީ ރޯދަވީއްލުމުގައި، ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިކަން އިއުލާނުކުރެއްވީ މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަނަކީ ހޮޓެލްތަކާއި ރިސޯޓުތަކާއި ޓްރެވަލް ބްރޭންޑުތަކުގެ އިތުރުން އެއާލައިނުތަކާއި ލިވްއަބޯޑުތަކަށް ޚާއްސަ އެޑިޝަނެވެ.

ގާލާ އެޑިޝަނުގައި ތަފާތު ދާއިރާތަކުން 25 އެވޯޑެއް ދެއެވެ. އޭގެ އިތުރުން މަޓާޓޯއިން ދޭ ޚާއްސަ އެވޯޑުތަކެއްވެސް ހިމެނެއެވެ.

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ވެބްސައިޓު މެދުވެރިކޮށް އެވޯޑްސްއަށް ކުރިމަތިލެވޭނެއެވެ.

މީގެ އިތުރުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަނަށް ކުރިމަތިލުމުގެ ފުރުސަތު މެއި މަހުގެ 15 ވަނަ ދުވަހަށް ބަންދުވި އިރު، މި ފެށޭ ޖޫން މަހުގެ ތެރޭގައި ގެސްޓްހައުސް އެޑިޝަންގެ އެވޯޑުތަކަށް ވާދަކުރާ ފަރާތްތައް އިއުލާނުކުރާނެއެވެ.

މިއަހަރަކީ މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ބާއްވާ ހަތްވަނަ އަހަރެވެ. ގެސްޓްހައުސް އެޑިޝަނަކީ މިއަހަރުގެ އެވޯޑްސްގެ ފުރަތަމަ ހަރަކާތެވެ.

އެއަށްފަހު ގާލާ އެޑިޝަން އޮންނާނީ ފަހުގެ ތާރީޚެއްގައެވެ. ގަލާގައި، ޓްރެވަލް އެވޯޑްސްގެ ޕީޕަލްސް އެޑިޝަނުގެ އެވޯޑުތައްވެސް ދޭނެއެވެ.

މީގެ އިތުރުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާއާ އެކު ކުރިއަށްދާ ޚާއްސަ ސަގާފަތެއް އޮވެއެވެ. މީގެ ތިން އަހަރު ކުރިން ފެށި މި ސަގާފަތަކީ، ޓްރެވަލް އެވޯޑްސްގެ ގާލާ ވިލޭރޭ، ޓޫރިޒަމް ދާއިރާގެ އިސްވެރިން އެއްތަނަކަށް އައިސް މަޝްވަރާ ކުރަން ބާއްވާ ބައްދަލުވުން "މަޓާޓޯ މޯލްޑިވްސް ޓްރެވަލް ކޮންފަރަންސް"އެވެ. މި ކޮންފަރަންސް މިއަހަރުވެސް އޮންނާނެއެވެ.

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018ގެ ޕާޓްނަރުން

  • ޕްލެޓިނަމް ޕާޓްނަރ: އުރީދޫ މޯލްޑިވްސް
  • ގޯލްޑް ޕާޓްނަރ: މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
  • ސިލްވަރ ޕާޓްނަރ: އެލައިޑް އިންޝުއަރަންސް
  • ޕްރިންޓިންގް ޕާޓްނަރ: ޕްރިންޓްލެބް
  • ފޮޓޯގްރަފީ ޕާޓްނަރ: ޑިޖިޓަލް ސްޓޫޑިއޯ
  • އޮންލައިން މީޑިއާ ޕާޓްނަރ: ސަން އޮންލައިން
  • ޓްރެވަލް މީޑިއާ ޕާޓްނަރ: މޯލްޑިވްސް އިންސައިޑާ
  • ޑިޖިޓަލް ޕާޓްނަރ: ކޯޑްފްލައި
  • އެޑްވަޓައިޒިންގް ޕާޓްނަރ: ބްލަކް