Back
Nov 24, 2025 SUN
SUN

ވެލެންސިއާއިން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި

ވެލެންސިއާއިން ދެވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި
Lead photo

މި އަހަރުގެ ރަމަޟާން ވެޓެރަންސް ކަޕްގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައިވާ ކްލަބު ވެލެންސިއާއިން ދެވަނަ ބުރުގެ ފެށުން ވެސް ރަނގަޅުކޮށްފި އެވެ.

އިއްޔެ ހަވީރު އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި ކުޅުނު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ވެލެންސިއާއިން ދިވެހި ސިފައިންގެ ކްލަބު ބަލިކުރީ 5-0ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗުގައި ވެލެންސިއާގެ އިސްމާއީލް މުހައްމަދު (އިއްސެ)، އިސްމާއީލް މުހައްމަދުގެ އިތުރުން މޫސާ މަނިކު (ކުޑަ މޫސަ)އާއި އައްސަދު އަބްދުޣަނީ ވެސް ވަނީ މެޗުގައި ގޯލް ޖަހައިފަ އެވެ. ވެލެންސިއާގެ އަނެއް ގޯލަކީ ސިފައިންގެ ކްލަބުގެ އަބްދުލް ލަތީފް އަލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެލެންސިއާގެ އިސްމާއީލް މުހައްމަދު ހޮވުނުއިރު، 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ އަބްދުލް ރައްޒާގެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ވެޓެރަންސް ކަޕުން ރާއްޖޭގެ ކުރީގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، މި އަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ.

އެ ހަތް ޓީމުގެ ތެރެއިން މުބާރާތުގެެ ދެވަނަ ބުރުގައި ވާދަކުރަނީ ފަސް ޓީމަކުންނެވެ. ދެވަނަ ބުރުގައި ވާދަކުރާ ފަސް ޓީމުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ދެވަނަ ބުރުގެ ކުޅުން ނިމޭ އިރު އެއްވަނާގައި އޮންނަ ޓީމު އޮޓޮމެޓިކުން ފައިނަލަށް ދަތުރުކުރާ އިރު، ދެން ފައިނަލަށް ދާނީ ދެ ވަނަ ބުރުގެ ދެވަނައާއި ތިންވަނަ ޓީމު ކުޅޭ ޕްލޭއޯފް މެޗު ކާމިޔާބުކުރާ ޓީމެވެ.

ދެވަނަ ބުރަށް ދަތުރުކުރި ޓީމުތައް:

  • ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު

  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
  • ކްލަބު ވެލެންސިއާ
  • ދިވެހި ސިފައިންގެ ކްލަބު
  • ޕޮލިސް ކްލަބު

ވެޓެރަންސް ކަޕްގެ ދެވަނަ ބުރުގެ މެޗެއް މިއަދު ހަވީރު 4:30ގައިވެސް އޮންނާނެ އެވެ. މެޗުގައި ވާދަކުރާނީ ނިއުއާއި މާޒިޔާ އެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics