މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)ގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މި އަހަރު ހައްޖަށް ފޮނުވާ 10 މުވައްޒަފުން ހޮވައިފި އެވެ.

އެ ކުންފުނިން މި އަހަރު ހައްޖަށް ފޮނުވާ 10 މުވައްޒަފުންނަށް ރޭ ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. މުވައްޒަފުންނާ ލިޔުން ހަވާލުކޮށްދެއްވީ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއެވެ.

އާދިލް ވިދާޅުވީ އެމްއޭސީއެލް އިން މިހާތަނަށް 30 މުވައްޒަފަކު ހައްޖަށް ފޮނުވާފައިވާާނެ ކަމަށެވެ. މުވައްޒަފުންނަށް ފައިދާ ހުރި ކަންތައް ކޮށްދެވޭތޯ ކުންފުނިން އަބަދު ވެސް ބަލާ ކަމަށް އާދިލް ވިދާޅުވި އެވެ.

އެމްއޭސީއެލްގެ މުވައްޒަފުން ހައްޖަށް ފޮނުވާ އިރު މުވައްޒަފުން ކުންފުންޏަށް ހިދުމަތްކޮށްދީފައިވާ މުއްދަތަށް ބަލަ އެވެ. އެކުންފުނިން ވަނީ ފާއިތުވި ތިން އަހަރު ވެސް، ކޮންމެ އަހަރަކު 10 މުވައްޒަފުން ހައްޖަށް ފޮނުވައިފަ އެވެ.