31 May 2018, 13:09
ރޯދަމަހާ ގުޅުންހުރި ގިނަ މައުލޫމާތުތަކަކާއެކު "ރޯދައިގެ އެކުވެރިޔާ"ގެ ނަމުގައި ދިރާގުން ހާއްސަ އެޕްލިކޭޝަނެއް ނެރެފިއެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ދިރާގު ޕޭ ބޭނުންކުރާ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
ރެސްޓޯރެންޓުތަކުގެ އިފްތާރު މެނޫ ބަލަލުމުގެ އިތުރުން ރެސްޓޯރެންޓުގެ އިފްތާރު މެނޫތައް އެޕްލިކޭޝަނަށް އަޕްލޯޑުކޮށްލެވޭނެއެވެ.
މި އެޕް މެދުވެރިކޮށް ކޮންމެ ނަމާދު ވަގުތަކުވެސް ނަމާދު ވަގުތު ހަނދާން ކޮށްދިނުމަށް ނޯޓިފިކޭޝަނެއް ލިބޭނެއެވެ. ތަފާތު ރަހަތަކުގެ ކާނާތައް ތައްޔާރުކުރާނެ ރެސިޕީތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެއެވެ.
މީގެ އިތުރުން ދީނީ ނަސޭހަތް ކޮޅެއް ކޮންމެ ދުވަހަކުވެސް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭނެއެވެ. މާރުކޭޓުގެ އަގުތައްވެސް ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ދިރާގުން ކުރިއަށް ގެންދާ އެކި ޕްރޮމޯޝަންތަކާ ގުޅޭ މައުލޫމާތާއި ދިރާގުގެ ޚަބަރުތައްވެސް ކަސްޓަމަރުންނަށް ބަލައިލެވޭނެއެވެ.
މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ އަދި އެޕްސްޓޯރުން ޑައުންލޯޑު ކުރެވޭނެއެވެ.