31 May 2018, 10:47
ބޮލީވުޑްގެ ކާމިޔާބު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ނިކް ޖޯނަސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބޭރުގެ ރިޕޯޓްތައް ބުނެފިއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ބޮލީވުޑްގެ މަސައްކަތްތައް ކުރި ނަމަވެސް ޕްރިޔަންކާ ގިނައިން ދެން ފެނިގެންދާނީ ހޮލީވުޑް ފިލްމުތަކުންނެވެ. އަދި ޕްރިޔަންކާ ލޯބީގެ ގޮތުން މީހަކާ ގުޅޭއިރު ގުޅޭނީ ހޮލީވުޑް މީހަކާ ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.
މިދުވަސްވަރު އެވާހަކަ ބާރަށް ދެކެވެމުންދާއިރު އެވާހަކައަށް އިތުރު ބާރެއް ދިނީ ޕްރިޔަންކާ އާ ނިކް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ދެކެވެން ފެށުމުންނެވެ.
Nick Jonas with Priyanka Chopra, Glen Powell, Wilmer Valderrama, Chord Overstreet, Greg Garbowsky, and friends in Los Angeles, CA - May 28thpic.twitter.com/nTKy716Oxc
— Nick Jonas News (@JickNonasNews)May 29, 2018
މިދިޔަ އަހަރުގެ މެޓް ގާލާ ކާޕެޓުންް ދެތަރިން އެންމެ ފުރަތަމަ ދިމާވިއިރު އެ ހަފްލާ ނިމުމަށްފަހު ވެސް އެދެތަރިން ވަނީ ވަރަށް ގިނައިން އެކުގައި ވަގުތު ހޭދަކޮށްފައެވެ.
ހުކުރު ދުވަހު ލޮސް އެންޖަލަސްގައި އޮތް "ބިއުޓީ އެންޑް ދަ ބީސް ލައިވް ކޮންސާޓް" އަށް ވެސް ދެތަރިން ގޮސްފައިވަނީ އެކުގައެވެ.
ގިނަ މީޑިއާތަކުގައި ދެތަރިން ލޯބީގެެ ގޮތުން ގުޅިގެން އުޅޭކަމަށް ވަނީ ޚަބަރު ފަތުރާފައެވެ. މި ގުޅުމާ މެދު ޕްރިޔަންކާ އަދި ނިކް ވެސް މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
@priyankachopraand@nickjonasat the#Dodgersgame today. ????pic.twitter.com/3J91P9phzq
— PC Style File (@fashionistapc)May 27, 2018
ޕްރިޔަންކާއާއި ނިކްގެ ހަބަރަކީ ތެދު ހަބަރެއްނަމަ ޕްރިޔަންކާ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒުވެގެންދާނެއެވެ. ސަބަބަކީ ނިކް އަކީ ޕްރިޔަންކާއަށް ވުރެ 10 އަހަރު ހަގު މީހެއްވީމައެވެ.
ޕްރިޔަންކާ އެންމެ އަވަހަށް ދެން ފެނިގެންދާނީ ސަލްމާން ޚާން ލީޑުން ފެނިގެންދާ ފިލްމު "ބާރަތު" އިންނެވެ.