07 Sep 2011, 13:36
ބާސެލޯނާގެ މެސީގެ ކެޕްޓަން ކަމުގެ ދަށުގައި ރެއާލް މެޑްރިޑްގެ ގޮންޒާލޯ ހިގުއައިން އަދި އެންޖަލް ޑި މަރިޔާގެ ލަނޑުން ނައިޖީރިއާ އަތުން އާޖެންޓީނާ މޮޅުވެއްޖެ އެވެ. ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމުގައި ކުޅުނު އެކުވެރި ކަމުގެ މި މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ.
މެޗު ކޮންޓްރޯލް ކުރަމުންދިޔަ ގަދަފަދަ އާޖެންޓީނާއިން މެޗްގެ 26 މިނެޓު ހިމަވިއިރު ދެލަނޑުގެ ލީޑެއް ހޯދާފައި ވެއެވެ. ދެ ލަނޑުގެ ކުރިއެރުމެއްގައި އޮވެ، އާޖެންޓީނާއިން ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ނައިޖީރިޔާގައި ޝިނެޑޫ އޮގްބޫކް ލަނޑެއް ޖަހާ ލީޑް ހަނިކުރި އެވެ. މެޗުގެ 65 ވަނަ މިނެޓުގައި ނައިޖީރިޔާގެ އުވާ އެޝީޖެލީ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު މެޗު ނިމިގެންދިޔައީ 3-1 ލަނޑުން އާޖެންޓީނާ މޮޅުވެގެންނެވެ.
ބަންގުލަދޭޝްގެ ގައުމީ ދަނޑުގައި ކުޅުނު މިމެޗުގައި ސަޕޯޓަރުންގެ ފަރާތުން އާޖެންޓީނާއަށާއި މިމެޗުގައި މޮޅަށް ކުޅުނު އާޖެންޓީނާ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ކުރި ސަޕޯޓު ފާހަގަ ކުރެވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި ބަންގްލަދޭޝް ގިނަ ރައްޔިތުންތަކެއް މެސީއަށް ސެލިއުޓް ކޮށްފައި ވެސް ވެއެވެ.
މިމެޗުގައި މެސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ނައިޖީރިޔާ ގޯލު ފޫއަޅޫވާ ލެވިފައެއް ނުވެއެވެ. ޖޫން މަހު އަލްބޭނިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި އާޖެންޓީނާއަށް ކާމިޔާބުކޮށްދިން ލަނޑަށްފަހު މެސީއަށް އަމިއްލަ ގައުމަށް ލަނޑެއް ކާމިޔާބުކޮށް ދެވިފައެއް ނުވެއެވެ. އެމެޗު ނިމިފައިވަނީ 4-0 ލަނޑުން އާޖެންޓީނާއަށް ކާމިޔާބު ލިބިގެންނެވެ.