07 Sep 2011, 13:02
އިންޑިޔާގެ ވެރިރަށް ނިއުދިއްލީގެ ހައިކޯޓުގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން ބަޔަކު މަރުވެ އަދި ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.
އިންޑިޔާގެ ހައިކޯޓަށް ބޮމުގެ ހަމަލާއެއް ދީފައިމިވަނީ ސާކް ރީޖަންގެ މިނިސްޓަރުން ފެންވަރުގެ ކޮންފަރެންސެއް ފެށުމަށް މިރެއަށް ތައްޔާރުވަމުން ދާ ދަނޑިވަޅެއްގަ އެވެ. ބޮން ގޮއްވާލި ހައިކޯޓުގެ އިމާރާތަކީ މިރޭގެ ކޮންފަރެންސަށް ނިއުދިއްލީއަށް ވަޑައިގަތް ތިއްބެވި މިނިސްޓަރުން ތިއްބަވާ ތާޖް ހޮޓަލާއި 30 މިނެޓް ރާސްތާގެ ސަރަހައްދެކެވެ.
އެ ކޮންފަރެންސްގައި ބައިވެރިވުމަށް ނިއުދިއްލީގައި މިވަގުތު ހުރި ސަންގެ ޖާނަލިސްޓް ހައްވާ ލުބްނާ ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:30 ގައި ދިން ޓެރަރިސްޓް ހަމަލާގައި ބޮން ގޮއްވާލާފައިވަނީ އިންޑިއާގެ ހައިކޯޓު ހުޅުވާ ގަޑިއަށް ޝަރީއަތްތަކަށް ވަންނަން ކިޔު ހަދާފައިވާ 200 ވަރަކަށް މީހުންގެ ތެރޭގައި ކަމަށެވެ. އެ ހަމަލާގައި 9 މީހުން މަރުވެ 47 މީހަކު ޒަހަމްވެފައިވާ ކަމަށް ފުލުހުންނާއި ހަވާލާ ދެއްވާ އެ ސަރަހައްދުގައި ހުންނެވި ލުބްނާ ސަންގެ ޖާނަލިސްޓު ބުންޏެވެ. ބޮން ގޮއްވާލާފައިވަނީ ބުރިފް ކޭހެއްފަދަ އެއްޗެއް ބޭނުން ކޮންގެން ކަމަށް ފުލުހުން ބުނާ ކަމަށް ވެސް ލުބުނާ ބުންޏެވެ.
"ހަމާލާ ދީފައި ވާކަމަށް ވަނީ މައްސަލަތައް ހުށަހެޅުމަށާއި އަދި އަޑުއެހުންތަކަށް ވަންނަން ފާސް ހޯދުމަށް 200 އަށް ވުރެވެސް ގިނަ ބަޔަކު ކިއޫ ހަދައިގެން ތިއްބާ،"
ބޮމުގެ ހަމަލައާ ގުޅިގެން ވެރިރަށް ދިއްލީ ވަނީ އެލާޓަށް ގެނެސްފަ އެވެ. ހައިވޭތަށް ބްލޮކްކޮށް ކާރުތަށް ފާސްކުރަން ފަށާފައިވާކަމަށް ވެސް ލުބްނާ ބުންޏެވެ. އަދި ބުނީ އިތުރު ޓެރަރިސްޓް ހަމަލާތަކެއް ދިއްލީއަށް ދީފާނެ ކަމުގެ އިންޒާރުވެސް މިހާރު ދީފައިވާ ކަމަށެވެ.
އިންޑިޔާގެ ދާޚިލީ ވަޒީރު އާރުކޭ. ސިންގު ވިދާޅުވީ މިބޮން ފޮރުވާފައިވަނީ ބްރީފް ކޭހެއްގެ ތެރޭގައި ކަމަށާއި ގޮއްވާލާފައިވަނީ ދިއްލީގެ މެދުތެރޭގައި ހުންނަ ހައިކޯޓުގެ ސެކިއުރިޓީ ގޭޓްގައި ކަމަށެވެ. މިޙަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ.
ދިއްލީގެ މެދުތެރޭގައި ހުރި ދައުލަތުގެ މުހިއްމު މުއައްސަސާއަކަށް އަމާޒުކޮށް މިބާވަތުގެ ޙަމަލާއެއް ދިނުމުން އިންޑިޔާގެ ސަލާމަތީ ބާރުތަކުގެ ޤާބިލްކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އިންޑިޔާގެ ސަލާމަތީ ބާރުތަކަށް ހިލަމެއް ނުވާގޮތަށް އިންޑިޔާގައި ހިންގި ބޮންގޮއްވުމުގެ ދެ ވަނަ ޙަމަލާއެވެ.
މީގެ ދެ މަހެއްހާ ދުވަސްކުރިން ބޮންބޭގައިވެސް ވަނީ އިންޑިޔާގެ ސަލާމަތީ ބާރުތަކަށް ހިލަމެއް ނުވާގަތަށް ތިން ތަނެއްގައި ބޮމުގެ ޙަމަލާތަކެއްދީ 24 މީހަކު މަރާލާފައެވެ. މިއަދުގެ ޙަމަލާއާގުޅިގެން އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގ ގެ ސަރުކާރު ހާސްކަމެއްގެތެރެއަށް ވެއްޓިފައިވާ ކަމަށް އިންޑިޔާގެ މީޑިޔާ ޚަބަރުދެއެވެ.