29 May 2018, 13:09
ށ. އަތޮޅު ފުނަދޫގައި އަޅާ އެއާޕޯޓް ރަންވޭގެ "ސަބް ގްރޭޑިންގް" މަސައްކަތުގެ 40 ޕަސެންޓް މަސައްކަތް ނިންމާލައިފި އެވެ.
ސަރުކާރުގެ ހަރަދުގައި އެމްޓީސީސީއާ ހަވާލުކޮށްގެން ހަދާ ފުނަދޫ އެއާޕޯޓް އެޅުމަށް އެ ރަށުގެ އުތުރުގެ ހުޅަނގު ފަރާތު މޫދުން މަހާޖައްރާފު ބޭނުން ކޮށްގެން 21 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ ހިއްކައި ނިންމައިފަ އެވެ.
ބިން ހިއްކުމުން ފެށިގެން އެއާޕޯޓް އެޅުމުގެ މަސައްކަތް ވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ އިރު އެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕްރޮޖެކްޓްސް ޑީޕާޓްމަންޓްގެ ހެޑް ރިޓަޔާޑް ކަމިޝަނަރު އޮފް ޕްރިޒަން މުހައްމަދު ހުޝާމް ވިދާޅުވީ އެމްޓީސީސީން ތިން މަޝްރުއުއެއް ފުނަދޫގައި ކުރިއަށް ގެންދާ އިރު ހުރިހާ މަޝްރުއުއެއްގެ މަސައްކަތް ވެސް ދަނީ ބާރަށް ކުރިއަށް ކަމަށެވެ.
ހުޝާމް ވިދާޅުވީ އެއާޕޯޓްގައި އަޅާ ރަންވޭގެ މަސައްކަތް ބިން ހިއްކާ ނިމުނު ހިސާބުން ފެށިގެން ކުރިއަށްދާ އިރު ސަބް ގްރޭޑިންގް މަސައްކަތުގެ 40 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
"ފަސްސަތޭކަ މީޓަރު ސަބްގްރޭޑް މަސައްކަތް އެއްކޮށް ނިމިއްޖެ. ދެން ކުރިއަށްދާނީ ބާކީ ހުރި ބައިގެ މަސައްކަތް،" ހުޝާމް ވިދާޅުވި އެވެ.
ސަބް ގްރޭޑިންގް މަސައްކަތަކީ ރަންވޭގެ އޭބީސީ ފަށަލަ އެޅުމުގެ ކުރިން އެކަމަށް ބިންގަނޑު ތައްޔާރު ކުރުމަށް ކުރާ މަސައްކަތެކެވެ. ތާރު އަޅާނީ އޭބީސީ ފަށަލަތަކުގެ މަސައްކަތް ނިމުމުންނެވެ.
ހުޝާމް ވިދާޅުވީ ކަނޑައެޅިފައިވާ މުއްދަތައް މަސައްކަތް ނިންމާލެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
Sh. Funadhoo Shore Protection project was awarded to#TeamMTCCon October 2017. The scope of the project was to dredge and reclamation, along with construction of 600M rock boulder revetment. At the end of April total project progress is 91%.pic.twitter.com/qxJVQHcGuA
— MTCCProjects (@projectsmtcc)May 28, 2018
ފުނަދޫގައި ސަރުކާރުން ކުރިއަށްގެންދާ އިތުރު ދެ މަޝްރޫއު އަށް ބަލާއިރު އެއާޕޯޓް އެޅުމަށް ހިއްކި ބިން ވަށާއި ބޮޑު ހިލަޖެހުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމެވެ. އެ މަސައްކަތުގެ 91 ޕަސެންޓް މަސައްކަތް ނިންމާފައިވާ އިރު 600 މީޓަރުގެ ތޮއްޓެއްލާގޮތައް ވަނީ ހަމަޖެހިފަ އެވެ.
Sh. Funadhoo Road Construction project was awarded to#TeamMTCCby the@HousingGovMvto asphalt a total of 3.3 Km road. Road signage and street lights are also included in the scope of this project. Overall 83% of the project scope was completed at the end of April.pic.twitter.com/2rLXixkpDR
— MTCCProjects (@projectsmtcc)May 29, 2018
ފުނަދޫގައި އެމްޓީސީސީ އިން ދެން ކުރިއަށްގެންދާ މަޝްރުއުއަކީ މަގު ހެދުމުގެ މަސައްކަތެވެ. ހުސްވި އޭޕްރީލް މަހުގެ ނިޔަލަށް އެ މަސައްކަތުގެ 83 ޕަސެންޓް މަސައްކަތް ވަނީ ނިންމައިފަ އެވެ. މަގު ހެދުމުގެ މަސައްކަތުގެ ދަށުން 3.3 ކިލޯ މީޓަރަަށް ވުރެ ވެސް ދިގު ސަރަހައްދެއްގައި މަގު ހަދާ ނިންމާނެ އެވެ.
ފުނަދޫ އެއާޕޯޓްގެ މަސައްކަތުގެ އިތުރުން އެމްޓީސީސީން މިހާރު ވެސް ދަނީ އިތުރު ދެ އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުޅުދުއްފުށީ އެއާޕޯޓް، މާވަރުލު އެއާޕޯޓް އަދި އިއްޔެ ޓޫރިޒަމް މިނިސްޓްރީން ހަވާލު ކުރި ހއ. މާފިނޮޅު އެއާޕޯޓްގެ މަސައްކަތެވެ.