29 May 2018, 14:52
ދިވެހި ނެށުންތެރިޔާ ސުނީތާ އަލީއަކީ އަބަދުވެސް ތަފާތު މީހެކެވެ.
އޭނާގެ އުފަންދުވަހާ ދިމާކޮށް ލަވަ ސީޑީތައް ނެރެމުން އައިސް މިފަހަރު މިއޮތީ ވަރަށް ތަފާތުކޮށްލާފައެވެ. ސުނީގެ އުފަންދުވަހާ ދިމާކޮށް އޭނާގެ އަޑުން މަދަހައެއް ރިކޯޑުކޮށް، ވީޑިއޯއާއެކު ވަނީ އާންމުކޮށްފައެވެ.
އެހީއަށް ބޭނުންވެފައިވާ މީހުންނާއި ފަގީީރުންނާއި މިސްކީނުންގެ ހާލަތަށް އަލިއަޅުވާ، ސުނީ ނެރުނު މި މަދަހައިގެ ޕްރޮޑިއުސަރަކީ އަދި ޑައިރެކްޓަރަކީވެސް އޭނާއެވެ. ސުނީ ބުނީ މިއީ ދެ އަހަރު ވަންދެން ކުރި އުންމީދެއްގެ ނިމުން ކަމަށެވެ.
އިނގިރޭސި ސަބް ޓައިޓަލްއާއެކު ނެރުނު މި މަދަހައިގެ ވީޑިއޯގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންގެ ހާލަތު ދައްކައިދޭ ވީޑިއޯ ވަނީ ހިމަނައިފައެވެ.