ބޭނުންވާނެ ތަކެތި

  • (ކުކުޅު ތައްޔާރު ކުރުމަށް)

  • 600 ގްރާމު ކުކުޅު
  • 300 ގްރާމު ޔޯގަޓް
  • 2 މޭޒުމަތީ ސަމްސާ ޖިންޖާ ގާލިކް ޕޭސްޓް
  • ސައިސަމްސަލެއްގެ ލޮނު
  • 1 ސައިސަމްސާ ދިރި/ދަވިއްގަނދު
  • ސައިސަމްސާ ރީނދޫ
  • 1 ސައިސަމްސާ ޗިކަން މަސާލާ
  • 1 ސައިސަމްސާ މުގުރި މިރުސް
  • 3 ކަރަންފޫ
  • 1 ސައިސަމްސާ ލުނބޯ ހުތް
  • (ބަތް ތައްޔާރު ކުރުމަށް)
  • 1 ސައިސަމްސާ ދިރި
  • 5 ކަރަންފޫ
  • 2 ކާފޫރު ތޮޅި
  • ފޮނިތޮށި (ބައި އިންޗި)
  • 500 ގްރާމު ހަނޑޫ
  • ސައި ސަމްސަލެއްގެ ލޮނު
  • 1.5 ލީޓަރު ފެން
  • 200 ގްރާމު ފިޔާ
  • 2 ސައިސަމްސާ ޖިންޖާ ގާލިކް ޕޭސްޓް
  • 250 ގްރާމު ޓޮމާޓޯ
  • 1 ސައިސަމްސާ ޗިކަން މަސާލާ
  • 1 ސައިސަމްސާ ދަވިއްގަނދު (މުގުރާފައި)
  • 1 މިރުސް
  • 1 ސައިސަމްސާ ރީނދޫ
  • 1 ސައިސަމްސާ ލޮނު
  • ކިރު ފޮދެއް
  • ތެލުލި ފިޔައި ކޮޅެއް
  • ތެޔޮ

ތައްޔާރު ކުރާނެ ގޮތް

ތައްޓެއްގައި ކުކުޅު، ތައްޔާރު ކުރުމަށް ބޭނުންވާނެ ހުރިހާ އެއްޗެއް އެއްކޮށްލާ، އޭގެ ތެރެއަށް ކުކުޅު އަޅާ، ކުކުޅުތަކުގައި ޕޭސްޓް އުނގުޅާށެވެ. ދެން ދެ ގަޑިއިރު ވަންދެން މެރިނޭޓް ކުރަން ބަހައްޓާށެވެ.

ދެން ތެއްޔެއްގައި ތެޔޮފޮދު ހޫނުކޮށް، އޭގެ ތެރެއަށް ދިރި، ކަރަންފޫ، ކާފޫރުތޮޅި އަޅާ ތެލުލާށެވެ. އޭގެ ތެރެއަށް ހަނޑޫކޮޅު އަޅާލާ، ލޮނު ކޮޅުވެސް އަޅާލާށެވެ. ދެން ފެން އަޅައިގެން ބަތްކޮޅު ކައްކާލާށެވެ.

އެހެން ތެއްޔެއްގައި ތެޔޮފޮދެއް ހޫނުކޮށް ފިޔާކޮޅު އަޅާ މުށި ކުލަ އަރަންދެން ހަނާކޮށްލާށެވެ. ޖިންޖާ ގާލިކް ޕޭސްޓް، ޓޮމާޓޯ އަޅައި އެއްކޮށްލާށެވެ. އޭގެ ތެރެއަށް ޗިކަން މަސާލާ، މިރުސް، ރީނދޫ، ލޮނު އަދި ދަވިއްގަނދު ކޮޅުއަޅައިގެން ހަނާކޮށްލާށެވެ. އޭމި ހަވާދު ގަނޑު ތެރެއަށް މެރިނޭޓްކުރަން ބެހެއްޓި ކުކުޅު ކޮޅު އަޅާފައި އެއްކޮށްލާށެވެ. ކުކުޅު ކޮޅު ރޯފިލުމުން ބަތްކޮޅު އަޅާށެވެ. އޭގެ މައްޗަށް ތެލުލި ފިޔާކޮޅު އަޅާފައި އިރުކޮޅަކު ކައްކާލާށެވެ.