28 May 2018, 17:31
މާލޭ ސިޓީގެ ގެއަކުން ވަގަށް ނެގި ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދައި ފުލުހުން ވެރިފަރާތަށް ރައްދުކޮށްފިއެވެ.
ހެންވޭރު ގެއަކުން ފައިސާތަކެއް ވަގަށް ނަގައިގެން އެ މައްސަލަ ފުލުހުން ބަލަން ފަށާފައިވަނީ މިދިޔަ ހުކުރުދުވަހުއެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ހުކުރު ދުވަހު ޝައްކު ކުރެވޭ ބިދޭސީ އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި އަންހެން މީހާގެ އުމުރަކީ 38 އަހަރެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ އަންހެންމީހާއަކީ ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީއެކެވެ. އަދި އޭނާއަކީ އާންމުގޮތެއްގައި ފައިސާ ވަގަށް ނެގި ގެއަށް ގޮސްއުޅޭ މީހެކެވެ.
މި މައްސަލާގައި އެ ގެއިން ވަގަށް ނެގި 150،000 ރުފިޔާ ބިދޭސީ އަންހެން މީހާ ވަނީ ފުލުހުންނަށް ދައްކާފައެވެ.