އަންނަ ޖެނުއަރީ އެއް ވަނަ ދުވަހަށް ފަހު އެއްލައްކަ ރުފިޔާގެ ބޭސް ފަރުވާ ޔަގީން ނުވާ އެއްވެސް ދިވެއްސެއް ރާއްޖޭގައި ނުހުންނާނެ ކަމަށާއި 2013 ވަނަ އަހަރަށް އެމްޑީޕީ އާއި އެޕާޓީގެ ސަރުކާރު ދާނީ ބޭސް ސިޓީއަށް ސަލާން ޖަހާ މީހުނާއި ނުލައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

" އަޅުގަނޑުމެންގެ ސަރުކާރުގެ ގިނަ ވައުދުތައް ވަނީ ފުއްދިފައި!" ރައީސް ވިދާޅުވި އެވެ.

މިމޭރުމުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ގިނަ ދުވަސްތަކަކަށް ފަހު މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެމްޑީޕީގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޖަލްސާގައި ރައީސް ނަޝީދު ގެ ވާހަކަފުޅު ބިނާ ކުރައްވާފައި ވަނީ އެމަނިކުފާނުގެ އެހެން ތަގުރީރތަކާ ތަފާތުކޮށެވެ. މުޅި މައިގަނޑު ބިނާ ކުރައްވާފައި އޮތީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ވައުދުތަކާއި އެމްޑީޕީގެ މައިގަނޑުގެ ފަސް ވައުދުގެ މައްޗަށެވެ. ޖުމްލަކޮށް ވިދާޅުވީ މިދިއަ ދެ އަހަރާ ބައިގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ދެވޭނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

ރައްޔިތުންނާ ބައްދަލުވެ ވަޑައިގަތުމުން ކުރާ އެމަނިކުފާނު އަރިހުގައި ކުރާ ޝަކުވާއެއް އޮންނަ ކަމަށާއި އެއީ ސިއްހީ ހިދުމަތުގެ ޝަކުވާ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެހެން ދިމާވެފައި ވަނީ އެދޭ ބަދަލާއެކު ސިއްހީ ހިދުމަތް ފުރިހަމަ ނުކުރެވި އޮތް ސަބަބުތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް މީގެ ހަތަރު އަހަރު ކުރީގައި ބޭސް ސިޓީއަށް ސަލާންޖެހި މީހުންގެ އަދަދާއި މިއަދު ބޭސް ސިޓީއަށް ސަލާމް ޖަހާ މީހުންގެ އަދަދު ރަނގަޅަށް ސާފުވާނީ ވެސް އެމްޑީޕީގެ ސަރުކާރަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ހެލްތު އިންސުއަރެންސެއްގައި ހިމެނުން ކަމަށާއި އެފަދަ ފެށުމެއް ފެށި 70000 އެއްހާ މީހުން މަދަނައިގައި ރަޖިސްޓަރީ ވެފައިވާ ވިޔަސް އެއީ އެދެވޭ މިންވަރު ނޫން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ބިލްތަކާއެކުގައި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރައްޔިތުން ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މަދަނައިގައި ރަޖިސްޓަރީ ނުވާ ސިއްހީ ހިދުމަތް ނުލިބޭ، އެއްލައްކަ ރުފިޔާގެ ބޭސް ފަރުވާ ޔަގީން ނުވާ، އެއްވެސް ރައްޔިތެއް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ރާއްޖެއަކު ނުހުންނާނެ،" ރައީސް ވިދާޅުވި އެވެ. ހުރިހާ ރައްޔިތުންނަށް ސިއްހީ ފަރުވާ ހަމަޖެހިގެން ދިޔުމުން ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުވެ ހިދުމަތުގެ ހަމަ އަގު ލިބެން ފަށާނެ ކަމަށް ވެސް އިޝާރާތް ކުރައްވާ ވިދާޅުވި އެވެ: "އެކަމުގެ ސަބަބުން ރައްޔިތުންނަށް އޮތް ބުރައެއް ވެސް ދެން ނޯންނާނެ"

މީގެ އިތުރަށް ވިދާޅުވީ އެމްޑީޕީގެ ސަރުކާރު 2013 އަށް ދާއިރު ރާއްޖޭގައި ބޭސް ސިޓީއަށް ސަލާން ޖަހާ އެކަކުވެސް ހުންނާނެ ކަމަކަށް އެމަނިކުފާނު ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ތަރައްގީގެ ނާރެހަކީ ދިރިއުޅޭ ގެ ކަމަށް ނިންމައި އެމްޑީޕީން ވާހަކަ ދައްކާފައިވާނެ ކަމަށާއި ބޯހިޔާވަހި ކޮންމެހެން ބޭނުންވާނެ ކަމަށް އެމްޑީޕީން ބުނެފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުރީ 47 ހާހެއްހާ ގެ ކަމަށާއި އެއީ ރާއްޖޭގެ ރައްޔިތުންނަށް ހާއްސަކޮށް މާލެއަށް ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށެވެ.

"މެނިފެސްޓޯގައި ކަނޑައެޅީ ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 10000 ގެ އެޅޭތޯ އަޅުގަނޑުމެނަށް މިއަދު ވަނީ 8000 ގޭގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައި 2500 ގޭގެ އަމަލީ މަސައްކަތް މިހާރު ދަނީ ހިނގަމުން" ރައީސް ވިދާޅުވި އެވެ.

ފަސް ވައުދުގައި ހިމެނޭ ދަތުރުފަތުރު ކުރުމުގެ ނިޒާމާބެހޭ ގޮތުން ރައީސް ވިދާޅުވީ އެ ނިޒާމުގެ ފުރަތަމަ މަރުހަލާގައި ކުރަންޖެހޭ މަސައްކަތްތައް ހިނގަމުން އަންނަ ކަމަށާއި މިހާރު ކޮންމެ ދުވަހަކު ރާއްޖޭގެ އާބާދީ 15 ޕަސެންޓު މީހުން ދަތުރަށް އަރާ ކަމަށެވެ. އެއީ ތަރައްގީ ވަމުން އަންނަ ގައުމެއްގެ ނިސްބަތް ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުން އެއްތަނުން އަނެއްތަނަށް އެކިއެކި ބޭނުންތަކުގައި ދަތުރުކޮށް އެބަހަދާ އެ ދަތުރުތައް ފުރިހަމަ ކުރުމަކީ އަޅުގަނޑުމެންވެފައިވާ ވައުދެއް. އެކަންކަން އަޅުގަނޑުމެން 2013 ވަނަ އަހަރަށް ދާއިރު ހަމަޖެހިފައި ހުންނާނީ ހަގީގަތުގައި ވެސް އެކަން ކޮށްދޭން ބުނި މިންވަރަށް ވުރެ ރަނގަޅަށް"

މަސްތުވާ ތަކެއްޗަށް ހުޅުވެފައިވާ ދޮރުތައް ބަންދު ކުރުމުގެ ވައުދުގެ މައްޗަށް ވެސް ވާހަކަފުޅު ދެއްކެވި އެވެ. ވިދާޅުވީ ރާއްޖޭގައި ފުޅާކޮށް ޑުރަގުގެ ވިޔަފާރި ކުރާ ގިނަ ފަރާތައް ހައްޔަރު ކުރުކޮށްފައިވާ ކަމަށާއި މާލެއާއި ރާއްޖޭގެ ރަށްރަށުގެ މަގުތައް މަތީގައި ބިއްޖެހިފައިވާ ޒުވާނުންތައް 2006 އާއި 2007 ގައި ތިބި މަންޒަރު ރައްޔިތުން ހަނދާނުގައި އަދި ހުންނާނެ ކަމަށެވެ. އެ ހަނދާން ނެތް ނަމަ އޭރުގެ ފޮޓޯތައް ބަލައިލުމުން ދިވެހި ޒުވާނުން އޭރު ތިބި ގޮތް ފާހަގަ ކުރެއްވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ދެން ވިދާޅުވީ އެމަނިކުފާނު މިއަދު އުފާފުޅު ކުރައްވާ ކަމަށާއި އެއީ ބިއްޖެހިފައިވާ ޒުވާނުން ވެރިރަށުގެ މަގުމަތިން ފެންނާން ނެތުމުން ކަމަށެވެ.

ރާއްޖޭގެ ޒުވާނުން ވިސްނަމުންދަނީ ހުނަރުވެރިކަމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ކަމަށާއި ސަރުކާރުން އިއުލާން ކޮށްފައިވާ ހުނަރުވެރި ޒުވާނުން އުފެއްދުމުގެ މަޝްރޫއުގައި 8500 ހުނަރުވެރި ޒުވާނުން އުފެއްދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށައި އަންނަ އަހަރުގެ މެދުތެރޭގައި ނިންމޭނެ ކަމަށް ވެސް ރައީސް ވަނީ މިރޭ ޔަގީންކޮށްދެއްވާފަ އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ އާއި ސަރުކާރުގެ ގިނަ ވައުދުތައް ވަނީ މިހާރު ވެސް ފުއްދިފައި ކަމަށާއި ކުރާން ހުރި މަސައްކަތާއި ފުއްދިފައި ނުވާ ވައުދުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ވެސް ހިނގާ ކަމަށެވެ. އޭގެ ތެރޭގައި މުޅިން ފުރިހަމަ ނުވެ އޮތީ ތަކެތީގެ އަގު އަތްފޯރާ ފަށަށް ގެނައުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ޑޮލަރުގެ ތާށިކަން ފިލުމުން ނޫނީ ރުފިޔާގެ އަގަށް ބަދަލު ނުގެނެވޭނެ އެވެ. ދުނިޔޭގައި މުދަލާއި ހިދުމަތުގެ އަގު މައްޗަށްދާ ދިއުމަކީ ހިފެހެއްޓޭނެ ކަމެއް ނޫނެވެ. އަދި އެހަގީގަތާއެކު އުޅެން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ: "އަޅުގަނޑު ފާހަގަ ކުރަން ބޭނުން އަޅުގަނޑުމެންގެ ވައުދަކީ ކޮބައިތޯ؟ އަޅުގަނޑުމެންގެ ވައުދަކީ މުދަލާއި ހިދުމަތް އަތްފޯރާ ފަށަށް ގެނައުން މިކަން ދެ ގޮތަކަށް ބެލިދާނެ، އެއް ގޮތަކީ ތަކެތީގެ އަގު ހެޔޮކޮށްގެން އަނެއް ގޮތަކީ އާމްދަނީ އިތުރުކޮށްގެން، މިހަގީގަތަށް ބިނާކޮށް އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންގެ ސިޔާސަތަށް ވެސް އަޅުގަނޑުމެންގެ ވިސްނުމަށް ވެސް މަސައްކަށް ވެސް ކުޑަ ބަދަލެއް ގެންނަން. އަޅުގަނޑުމެން އެންމެ ބުރަ މަސައްކަތަކަށް ވާން މިޖެހެނީ އަޅުގަނޑުމެންގެ އާމްދަނީ އިތުރުކުރުން."

ރައީސް ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް ރައްޔިތުންނަށް ލިބިގެން ނޫނީ އާމްދަނީ އިތުރުވެގެން ނުދާނެ ކަމަށާއި އެކަން ކުރުމަށް ފުރަތަމަ ސަރުކާރުން އެޅި ފިޔަވަޅަކީ ދޫކޮށްލެވިފައި އޮންނަ ވިޔަފާރިއަކަށް މަސްވެރިކަން ހެދުން ކަމަށެވެ. އެމްޑީޕީން ސަރުކާރު ހިންގުމާ ހަވާލުވި އިރު ކަނޑުމަސް ކިލޯއެއްގެ އަގު ފަސްރުފިޔާ ބައިގައި ހުރި ނަމަވެސް މިހާރު ކިލޯއެއްގެ އަކީ 30ރ. ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މިހާރު މަހަކު ދިހަ ބާރަ ހާސް ރުފިޔާ ނުލިބޭ މަސްވެރިޔަކު ރާއްޖޭގައި ނުހުންނާނެ ކަމަށާއި ބާނާ މަހުގެ އަދަދު މަދުވި ނަމަވެސް ލިބޭ އާމްދަނީ އަންނަނީ އިތުރުވެފައިވުމަކީ ކސިޔާސަތަށް ގެނައި ބަދަލުން ހެޔޮ ނަތީޖާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދަނޑުވެރިކަން ކުރިއަރަމުން އަންނަ މިންވަރު ދައްކައިދޭ ތަނަކީ މާލޭގެ މާރުކޭޓު ކަމަށާއި ދަނޑުވެރިކަމުގެ ބާވަތްތައް މާރުކޭޓުގައި ތިޔާގިވެފައިވާއިރު ރޯދަމަހު އެތިޔާގިކަން ހުރީ ދުވަހަކުވެސް ތިޔާގި ނުވާ މިންވަރަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެމްޑީޕީގެ ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް އެތެރެކުރާ ތަރުކާރީއާއި މޭވާގެ މިންވަރު 20 ޕަސެންޓަށް ދަށް ކުރުން ކަމަށާއި 2008 ގައި ރާއްޖެއަށް އެތެރެ ކުރި ތަރުކާރީއާއި މޭވޭގެ ނިސްބަތް މިއަދު 72 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ކުރަން ހުރި ކަންކަން ދަނީ ކުރެވުމުން ކަމަށާއި އެކަމާ އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް ހިތްހަމަ ޖެހިވަޑައިގެން ކަމަށް އިޝާރާތް ކުރައްވައި ވިދާޅުވީ އެމަނިކުފާނާ އެއްވަރަށް މަގުމައްޗަށް ނުކުމެވަޑައިގެން އާންމުންނާ ބައްދަލުވެ އުޅޭ މީހަކު ހުންނާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"މި ރޯދަމަހު ވެސް ވަކި އަޅުގަނޑަށްވުރެ ގިނައިން މަގުމައްޗަށް ނުކުމެ އުޅުނު މީހެއް އެކި އެކި ގިންތީގެ ރައްޔިތުން ބައްދަލުވެ ވާހަކަ ދައްކާ އުޅުނު މީހަކުވެސް ހުންނާނެ ކަމަށް އަޅުގަނޑު ނުދެކެން، އަޅުގަނޑަށް އެބަ އެނގޭ މިރާއްޖޭގެ ރައްޔިތުން އިހުސާސް"