28 May 2018, 12:51
ބޭނުންވާނެ ތަކެތި:
1 ބޮޑު ޕާން
- 1 ޕެކެޓް ޗީޒް
- 2 ސޮސެޖް ބޮނޑި (ފެނުކައްކާފައި/ ކުޑަކޮށް ތެލުލާފައި)
- ބަޓަރު ކޮޅެއް
- ތެޔޮ ފޮދެއް
ތައްޔާރުކުރާނެ ގޮތް
ޕާންފޮތި ނެގުމަށްފަހު ރޮށިދަމާ އެއްޗަކުން ޕާން ކުޑަކޮށް ދަމާލާނީއެވެ. އޭގެ ފަހުން ޕާނަށް ޗީޒް ފޮއްޗެއް ލާނީއެވެ. ޗީޒް ފޮތި ލާފައި ސޮސެޖެއް ލައި ޕާން ފޮތި އޮޅާލާނީއެވެ. ޕާން ފޮތި ނެއްޓުނަ ނުދިނުމަށްޓަކައި ޓޫތު ޕިކެއް ބޭނުންކުރާށެވެ.
ފުރަތަމަ އެގޮތަށް ޕާނުގައި ހިމެނޭ ހުރިހާ ޕާން ފޮތިތައް ތައްޔާރުކޮށްލާށެވެ.
އެއަށް ފަހު ތަވަޔަކަށް ބަޓަރު ކޮޅަކާއި ތެޔޮ ކޮޅެއް އަޅާލުމަށްފަހު މަޑު ގިނީގައި ޕާންފޮތިތައް ފިހެލާށެވެ. ފްރައި ކޮށްލާށެވެ. ޗީޒްތައް ދިޔާ (މެލްޓް) ވާން ފެށުމުން ނަގާށެވެ.