28 May 2018, 00:02
އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން މިއަހަރުގެ ރަމަޟާން މަހުގެ ހާއްސަ ހަރަކާތެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖައްސައިފައިވާ ދީނީ ސުވާލުމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަމިއްލަ ފަރާތްތަކާއި، ސަރުކާރުގެ އޮފީސްތަކަށާއި، އަމިއްލަ މުވައްސަސާތަށާއި ކޮލެޖް ޔުނިވާސިޓީތަކަށް އަމާޒުކޮށް ރަމަޟާން މަހުގެ ފަހު ދިހައިގައި ދީނީ ސުވާލު މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.
މިއީ ދިވެހިންގެ ހިތްތަކުގައި ދީނީ އަދި ގައުމީ ލޯބި އިތުރުކޮށް އިސްލާމީ ތާރީހާއި ހަޟާރަތާއި ފިގުހީ މައުލޫމާތު މުއްސަނދިކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ދީނީ ސުވާލު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެ ފޯމް[email protected]އަށް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އީމެއިލް ކުރަން ޖެހޭނެ ކަމަށެވެ.
ރަމާޟާން މަހާ ގުޅިގެން އިސްލާމިކް މިނިސްޓްރީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއްވެސް ވަނީ ބާއްވައިފައެވެ. އެމުބާރާތުގައި ނުވަ ގައުމަކުން ބައިވެރިވިއެވެ.